މަރުގެ މައްސަލަތައް ސާބިތު ކުރުމުގައި އިއުތިރާފު ބަޔާނުން ކުށް ސާބިތު ކުރާނަމަ އެ ކަމުގައި ހިލާފު އުފެދޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަތަކަށް ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ.ފައިރޫޝް ރައްދު ދެއްވައިފިއެވެ.
ހޮނިހިރު ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއުގެ މަރާ ގުޅިގެން ކުރެއްވި ޓްވީޓުގައި ނަޝީދު ވިދާޅުވީ އިތުރު މީހެއްގެ އިއުތިރާފް ބަޔާނަށް ބުރަނުވާ ތަހުގީގެއް ކޮށް، ގާތިލުންނަށް ހައްގު އަދަބު ދޭން ޖެހޭ ކަމަށެވެ.
ނަޝީދުގެ މި ޓުވީޓާއި ގުޅިގެން ފައިރޫޝް ވިދާޅުވީ ރައީސް ނަޝީދު ވިދާޅުވާ ވާހަކައެއް ދިވެހިންނަށް ފަހުން ނުވާކަމަށެވެ. ވިދާޅުވާ އެއްޗެއް ތިލަކޮށް ބުނަން ޖެހޭކަމަށެވެ. ފުލުހުންގެ ތަހުގީގްތަކުގައި މީގެ ކުރިން ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ފައިރޫޝް ވިދާޅުވީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށްވާ އިއުތުރާފަކީ ޝަރީޢަތުގައި ބަލައިގަނެވޭ އެއްޗެއްކަމަށެވެ.
ދިވެހިންނަށް ފަހުމްވާ ވަރަށް ތިލަކޮށް ވިދާލުވެދެއްވާ! އަދި ސާފެއް ނުވޭ ތިޔަ ވިދާޅުވި އެއްޗެއްވެސް އަދި ތީގެ ފަހަތުގައިވާ މަޤުޞަދުވެސް. ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށްވާ އިއުތުރާފަކީ ޝަރީޢަތުގައި ބަލައިގަނެވޭ އެއްޗެއް.
– ފައިރޫޝް ވިދާޅުވިއެވެ.
ދިވެހިންނަށް ފަހުމްވާ ވަރަށް ތިލަކޮށް ވިދާލުވެދެއްވާ! އަދި ސާފެއް ނުވޭ ތިޔަ ވިދާޅުވި އެއްޗެއްވެސް އަދި ތީގެ ފަހަތުގައިވާ މަޤުޞަދުވެސް. ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށްވާ އިއުތުރާފަކީ ޝަރީޢަތުގައި ބަލައިގަނެވޭ އެއްޗެއް. https://t.co/8J1lKMkcOE
— Fairoosh, PhD (@Fairoosh) August 8, 2022
ނަޝީދު ވިދާޅުވި ގޮތުގައި މިހާރު އަމަލު މިކުރާ ގާނޫނު އަސާސީން ގެންނަން އެދުނު އެންމެ ބޮޑު ބަދަލަކީ އިއުތިރާފު ބަޔާން ނަގަން ނުޖެހި، ހެއްކާއި ގަރީނާއިން ކުށް ސާބިތު ކުރުމެވެ.
ތުހުމަތު ކުރެވޭ މީހާގެ އިއުތިރާފު ބަޔާނުގެ މައްޗަށް ކުށް ސާބިތު ކުރަނީ ނަމަ އަބަދުވެސް ހިލާފު އުފެދޭނެ.
– ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ޝިއާގެ މަރާ ގުޅިގެން، ކްރައިމް ސީނުން ތުހުމަތު ކުރެވޭ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް ހައްޔަރުކުރި ނަމަވެސް އޭނާ މިހާތަނަށް ކުށަށް އިއުތިރާފްވެފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.