އެމެރިކާ ސަރުކާރުން ރާއްޖެއަށް 99000 ހާހަށްވުރެ ގިނަ ވެކްސިން ޑޯޒް ހަދިޔާކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އެމެރިކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ 99450 ވެކްސިން ކަމަށެވެ. އަދި އެއީ ކޯވިޑް-19 އެމް.އާރް.އެން.އޭ ޑޯޒްކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.
Handover of Covid-19 Vaccine (mRNA) 99,450 Doses, from US Government to Ministry of Health.@USAID @UNICEFMaldives @WHOMaldives pic.twitter.com/odTmfTgJIc
— Ministry of Health (@MoHmv) August 8, 2022
އެމް.އާރް.އެން.އޭ ވެކްސިނަކީ ކޯވިޑް-19އިން ދިފާޢުވުމަށްޓަކައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ވެކްސިނެކެވެ. މީގެ ތެރޭގައި ފައިޒާ އާއި މޮޑަރނާ ހިމެނެއެވެ.
އެމެރިކާއިން، ޔޫ.އެސް އެޖެންސީ ފޯރ އިންޓަނޭޝަނަލް ޑިވެލޮފްމަންޓް މެދުވެރިކޮށް، ދަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމާއި ސިއްހީ ދާއިރާގެ މުވައްޒިފުންނަށް ތަމްރީން ދިނުމާއި، ރައްކާތެރިކަމާއި އެފެކްޓިވްކަމާއެކު ވެކްސިން ޖެހުމަށް ބާރު އަޅައި އެކަމުގެ މައުލޫމާތުވެސް ފޯރުކޮށް ދެމުންނެވެ.
ކޮމެންޓު ފޮނުވާ