ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ

ރޭ ހިންގި އަނިޔާވެރި ޢަމަލު ބަލައި ނުގަންނަން، ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ޖެންޑާ

ރޭ ހިންގި އަނިޔާވެރި ޢަމަލު ބަލައި ނުގަންނަން، ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ޖެންޑާ

ރޭގެ ވަޤުތެއްގައި މާލޭގެ ގެއެއްގައި ރަހުމުކުޑަކޮށް އަންހެނަކު މަރާލި ލާއިންސާނީ ޢަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމުގައި ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ހ.ޝީރީންވިލާގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަންހެން މީހާގެ މަރާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ ރޭގެ ވަޤުތެއްގައި މާލޭގެ ގެއެއްގައި ރަހުމުކުޑަކޮށް އަންހެނަކު މަރާލި ލާއިންސާނީ ޢަމަލު ހަރުކަށި އިބާރާތުން ކުއްވެރިކުރާކަމަށެވެ.

ގެވެށި އަނިޔާގެ މިފަދަ އެއްވެސް ޢަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މި ޢަމަލާމެދު މި މިނިސްޓްރީއިން ކަންބޮޑުވެ، ހިތާމަކުރަން. ކޮންމެ މީހަކަށްވެސް ދިރިހުރުމުގެ ޙައްޤު ލިބިފައިވޭ، އަދި ކޮންމެ ނަފްސަކީ ރައްކާތެރިކަން ލިބިގެންވާ ނަފްސަކަށްވާން ޖެހޭ. މައްޔިތާގެ ފާފަ ފުއްސަވައި، ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާށި.

– ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.

ޖެންޑާ މިނިސްޓްރީން ބުނެފައިވަނީ މި ހިތާމަވެރި، އުނދަގޫ ދަނޑިވަޅުގައި އެކަން ތަހައްމަލުކޮށް ހިމޭން ކަމާއެކު ވަޤުތު ހޭދަކުރުމަށް ޢާއިލާއަށް ފުރުޞަތު ދިނުމަކީ ކޮންމެ ފަރާތަކުންވެސް މިވަޤުތު ކުރުން މުހިންމު ކަމެއް ކަމުގައެވެ.

ފުވައްމުލަކު ޒުވާން އަންހެން މީހާގެ މަރާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް، 22، އެވެ. އޭނާ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އަދި އޭނާ ފުލުހުންގެ ކާރަށް އަރުވައިގެން ގެންދިޔައީ ހަޒްމަޓު ސޫޓެއް ވެސް ލައްވައިފައެވެ.

މާލޭގެ ގެއެއްގެ ތެރޭގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮތް ޒުވާނަކު ފެނުނު ކަމާއި އެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާ ކަން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. އަޅެ އެފަދަ ނުބައި އަމަލުތައް ބަލައިގަންނަނީ ކާކުބާ؟ އައިސައިދީމެން ކޮން ކޮހެއް ތި ގޮވަނީ. ރަޑޭރަޑޭ ކިޔާބަލަ! ދާ

  2. އަޅެ އެފަދަ ނުބައި އަމަލުތައް ބަލައިގަންނަނީ ކާކުބާ؟ އައިސައިދީމެން ކޮން ކޮހެއް ތި ގޮވަނީ. ރަޑޭރަޑޭ ކިޔާބަލަ! މައްޔިތާއަށް ސުވަރުގެ މިންވަރުކުރައްވާށިއެވެ!

Leave a Reply

Your email address will not be published. Required fields are marked *