މިސް ޔުނިވާސް ގޮވައިގެން ކޯޓަށް

މިސް ޔުނިވާސް ގޮވައިގެން ކޯޓަށް

Author
ފާތިމަތު ނާވީ
07 އޮގަސްޓް 2022 04:10
0

މިދިއަ އަހަރު މިސް ޔުނިވާސް ގެ ތާޖު ބޮލުގައި އެޅި އިންޑިއާގެ ޕަންޖާބަށް ނިސްބައިވާ ރީތީ ޒުވާން ހަރްނާޒް ސަންދޫގެ މައްސަލައެއް ކޯޓަށް ހުށައަޅައިފިއެވެ.

ހަރްނާޒާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ކުރިން ބައިވެރިވަމުން އައި ކޮމޭޑިއަން އަދި ޕްރޮޑިއުސަރު އުޕަސާނާ ސިންގްއެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މި މައްސަލަ ހަރްނާޒް އާއި ދެކޮޅަށް ހުށަހެޅީ، އޭނާ ކުރިން އެއްބަސްވެފައިވާ އެގްރިމެންޓަކާ ހިލާފު ވުމުންނެވެ. އެގޮތުން އޭނާއަށް މިސް ޔުނިވާސްގެ ޓައިޓްލް ލިބުމުގެ ކުރިން ސޮއިކޮށް، ޝޫޓިން ވެސް ނިންމާފައި އޮތް ފިލްމު "ބާއީ ޖީ ކުއްޓަންގޭ" އަށް ހެދި އެގްރިމަންޓާ ހިލާފުވެ، އެ ފިލްމް ޕްރޮމޯޓް ކުރުމަށް އިވެންޓް ތަކުގައި ބައިވެރި ވުމަށް ހަރްނާޒް އިންކާރު ކުރުމުންނެވެ.

 

View this post on Instagram

 

A post shared by Upasana Singh (@upasnasinghofficial)

22 އަހަރުގެ ހަރްނާޒަށް ދައުވާ ކުރަން ނިންމީ އޭނާ ފިލްމު ޕްރޮމޯޝަން ތަކުގައި ބައިވެރިވާ ދެކޮޅުހަދާއި އަދި ފިލްމު ރިލިޒް ކުރުމުގައި އޭނާގެ ސަބަބުން ފަސްތަކެއް އައިސްފައިވާތީ ކަމަށް އުޕަސާނާ ބުނެއެވެ.

އުޕަސާނާ މި ތުހުމަތުތައް ކޮށްފައިވާއިރު ފާހަގަ ކޮށްލެވޭ ކަމަކީ މި ދެމީހުންނަކީ ވަރަށް ގާތް ދެމީހުން ކަމެވެ. އެގޮތުން ހަރްނާޒް ވަނީ އުޕަސާނާގެ ގޭގައި ވެސް ވަގުތު ތަކެއް ހޭދަކޮށްފައެވެ. އަދި ހަރްނާޒް ގެންގުޅުނީ ދަރިއަކު ފަދައިން ކަމަށާއި އެކްޓިންއާ ގުޅޭ ހުރިހާ އެއްޗެއް ދަސްކޮށްދިނީ އޭނާކަމަށް އުޕަސާނާ ބުނެއެވެ.

މި ވާހަކަތަކާ ގުޅިގެން މިހާތަނަށް ހަރްނާޒް އަދި އެއްވެސް އެއްޗެއް މީޑިއާގައި ބުުނެފައިއެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.