މާލޭގެ ގެއެއްގައި އަނިޔާވެރިކޮށް އަންހެނަކު މަރާލައިފި

މާލޭގެ ގެއެއްގައި އަނިޔާވެރިކޮށް އަންހެނަކު މަރާލައިފި

Author
ހުސެއިން
07 އޮގަސްޓް 2022 04:20
0

މާލޭގެ ގެއެއްގައި އަނިޔާވެރިކޮށް އަންހެނަކު މަރާލަފިއެވެ. މައުލުމާތު ލިބިފައިވާ ގޮތުގައި ފިރިމީހާ އޭނާގެ އަންނެހުންނާއި ދެމެދު ހިގި ޒުވާބެއްގައި އަންހެން މީހާ މަރާލާފައިވަނީ ތޫނު އެއްޗަކުން ހަމަލާ އަންހެން މީހާގެ ކަރު ބުރިކޮށްލައިގެންނެވެ. މިހާދިސާ ހިގާފައިވަނީ ހ. ޝީރީން ވިލާގެ 9 ވަނަ ބުރީގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މިހާ މަރާލި ފިރިހެން މީހާ ފިލުހުން މިހާރުވަނީ ހައްޔަރު ކޮށްފައެވެ. ބައެއް ފަރާތްތަކުން ޚަބަރު އޮންލައިނަށް މައުލޫމާތު ދީފައިވާ ގޮތުގައި މަރާލި އަންނެ މިހާއަކ ހ. ޝީރީން ވިލާގެ 9ވަނަ ބުރީގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭ ފިރިހެން މީހާ އިދެގެން އުޅޭ އަންހެން ކުއްޖާއެވެ. އަދި އެ ފަންގިފިލާގައި އެހެން މީހުންވެސް ދިރިއުޅޭކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ޝީރީންވިލާ ބައެއް ފަންގިފިލާތަކުގައި ދިރިއުޅޭ ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާ ހިނގިކަމަށް ބެލެވެނީ ރޭގެ އިރާކިޅުގެ ވަގުތެއްގައި ކަމަށް ވިނަމަވެސް، ފުލުހުންނަށް މައުލުމާތު ލިބިގެން އެގެ ފަންގިފިލާއަށް ގޮސްފައިވަނީ ރޭގެ މެންދަމުގެ ވަގުތެއްގައެވެ.

މަރާލި އަންހެން ކުއްޖާގެ ހަށިގަޑު ކަޅު ކޮތަޅުތަކެއްގައި އެމްބިއުލާންސަށް އަރުވަން ގެންދިޔައިރު، ހަށިގަޑުގެ ބައިތައް ވަކިކޮތަޅުތަކަށް ލާފައިކަމަށް ބެލެވޭ ކަޅު ކޮތަޅުތައް އެމްބިއުލާންސަަށް އެރުވިތަން ވަނީ ފެނިފައެވެ.

މަރާލި އަންހެން މީހާއަކީ ޏ. ފުވައްމުލަކު 23 އަހަރު އަންހެން ކުއްޖެއްކަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.