"ޗަކްދާ އެކްސްޕްރެސް"އަށް އަނުޝްކާ ކްރިކެޓް ޓްރެއިނިންގ ހަދަނީ

"ޗަކްދާ އެކްސްޕްރެސް"އަށް އަނުޝްކާ ކްރިކެޓް ޓްރެއިނިންގ ހަދަނީ

Author
ފާތިމަތު ނާވީ
06 އޮގަސްޓް 2022 09:08
0

ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާއަށް ދަރިއަކު ލިބުނު ފަހުން ކުޅޭ ފުރަތަމަ ފިލްމު "ޗަކްދާ އެކްސްޕްރެސް"އަށް ތައްޔާރު ވުމުގެ ގޮތުން ކްރިކެޓް ޓްރެއިނިންގ ހަދަމުން ދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމް އަކި 2018 ވަނަ އަހަރުގެ ފްލޮޕް ފިލްމް "ޒީރޯ" އަށް ފަހު އަނުޝްކާ ކުޅޭ ފުރަތަމަ ފިލްމެވެ. ފިލްމު ރަސްމީކޮށް އިއުލާންކޮށް މިހާރު ޝޫޓިންގެ ފުރަތަމަ ޝެޑިއުލްވެސް ވަނީ ނިންމާލާފައެވެ.

މި ފިލްމަކީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިއާ އަދި އަންހެން ޓީމްގެ ކެޕްޓަން ކަންވެސް ކުރި ޖޫލާން ގޯސްވާމީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އަނުޝްކާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިން ޕްރޮޑިއުސްކުރާ "ޗަކްދާ އެކްސްޕްރެސް" ޑައިރެކްޓްކުރާނީ ޕްރޮސިތު ރޯއިއެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

ކްރިކެޓް ކުޅުންތެރިއެއް ގެ ރޯލުން އަނުޝާކާ ފެނިގެންދާއިރު މިއީ މިފަދަ ރޯލަކުން އަނުޝްކާ ފެނިގެންދާ ފުރަތަމަ ފިލްމެވެ. މީގެ ކުރިން ޚަބަރުތައް ބުނެފައިވާ ގޮތުގައި އަނުޝްކާ މިފިލްމަށް ނޫނެކޭ ވެސް ބުނެފައި ވެއެވެ. އެއާއެކު ފިލްމުގެ ލީޑު ތުރިޕްތީ ދިމްރީއަށް ހުށަހެޅި ކަމަށް ވެސް އޭރު ޚަބަރުތައް ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by AnushkaSharma1588 (@anushkasharma)

އިންޑިއާގެ ކްރިކެޓް ކެޕްޓަން ވިރާޓް ކޯލީގެ އަންހެނުން ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުން ފެންނަ ފިލްމު ޕްރިމިއާ ކުރަން ހަމަ ޖެހިފައިވަނީ ނެޓްފްލިކްސް އިންނެވެ. ވިރާޓް އާއި އަނުޝްކާ ކައިވެނި ކުރީ 2012 ވަނަ އަހަރުއެވެ. އަދި މި ދެމީހުނަށް އަލަތު ދަރިއަކު ލިބިފައިވަނީ 2021 ވަނަ އަހަރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.