"ޖީލޭ ޒަރާ"ގެ ޝޫޓިންގ އަންނަ އަހަރު ފަށާނެ: އާލިއާ

"ޖީލޭ ޒަރާ"ގެ ޝޫޓިންގ އަންނަ އަހަރު ފަށާނެ: އާލިއާ

Author
ފާތިމަތު ނާވީ
03 އޮގަސްޓް 2022 02:33
0

ކާމިޔާބު ފިލްމުތަކެއް ގެެނެސްދީފައިވާ ޑައިރެކްޓަރ އަދި އެކްޓަރ ފަރްހާން އަޚްތަރްގެ ފިލްމް "ޖީލޭ ޒަރާ"ގެ ޝޫޓިން އަންނަ އަހަރު ފަށާނެ ކަމަށް ފިލްމުގެ އެއް ބަތަލާ އާލިއާ ބަޓް ބުނެފިއެވެ.

މި ފިލްމް އަކީ ބޮލީވުޑްގެ އޭ ލިސްޓްގެ ތިން ބަތަލާ އިންނާ އެކުގައި ފަރްހާން ހަދާ ރޯޑް ޓްރިޕް ފިލްމެކެވެ. ފިލްްމުން އާލިއާއާ އެކުގައި ދެން ފެނިގެންދާނީ ޕަރިޔަންކާ ޗޯޕްރާ އަދި ކެޓްރީނާ ކައިފްއެވެ.

މި ތިން ތަރިން އެކުގައި ފެނިގެންދާ އަލަތު ފިލްމުގެ ޝޫޓިންގ އަންނަ އަހަރު ފަށާއިރު މި ފިލްމުން ފެނިގެންދާ އެހެން ތަރިން އަދި ހާމައެއް ނުކުރެއެވެ.

 

View this post on Instagram

 

A post shared by Farhan Akhtar (@faroutakhtar)

ފިލްމުގެ މަސައްކަތާ މެދުގައި ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި އާލިއާ މިކަން ކަށަވަރު ކޮށްދީފައިވާއިރު އާލިއާ އިނީ އޭނާގެ އަލަތު ދަރިއަށް ބަލިވެއެވެ.

މީގެ އިތުރުން ޕްރިޔަންކާއަށް ވެސް ވަނީ ކުއްޖަކު ލިބިފައެވެ. މިހާރު ހަ މަހުގެ މާލްތީ އަކީ ޕްރިޔަންކާ ސަރޮގަސީ ކޮށްގެން ހޯދި ކުއްޖެކެވެ.

މިދިއަ އަހަރު އެކްޓަރ ވިކީ ކޯޝަލްއާ ކައިވެނި ކުރިފަހުން ދޭތެރެ ދޭތެރެއިން ކެޓްރީނާ ވެސް މަންމަ އަކަށް ވާންއުކޭ ކަމަށް އަންނަނީ ވާހަކަތައް ފެތުރެމުންނެވެ.

 

View this post on Instagram

 

A post shared by Excel Entertainment (@excelmovies)

އަންހެން ތިން އެކުވެރިންގެ ވާހަކަ ކިޔައިދޭ މި ރޯޑް-ޓްރިޕް ފިލްމަކީ ފަރުހާނާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ހަދާ ފިލްމެކެވެ. މިއީ ޒޯޔާ އަޚްތަރާއި ރީމާ ކަގްޓީ ލިޔެފައިވާ ވާހަކައަކަށް ހަދާ ފިލްމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.