ރަަންވީރު އަށް ސަޕޯޓް ކުރުމުގެ ގޮތުން ތަރިން ބަރަހަނާ ވަނީ

ރަަންވީރު އަށް ސަޕޯޓް ކުރުމުގެ ގޮތުން ތަރިން ބަރަހަނާ ވަނީ

Author
ފާތިމަތު ނާވީ
31 ޖުލައި 2022 07:33
0

މިދިއަ ހަފްތާގައި ސޯޝަލް މީޑިއާ ކެކި އަރައި ގަތީ ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް މަޖައްލާއަކަށް ބަރަހަނާ ފޮޓޯތަކެއް ނެގި މައްސަލައިގައިއެވެ.

އެ މައްސަލައިފައި އަމިއްލަ ޖަމިއްޔާއަކުން މުމްބާއީގެ ޗެމްބޫރް ޕޮލިސް ސްޓޭޝަނަށް ވަނީ ރަންވީރާ ދެކޮޅަށް މައްސަލަ ހުށައަލައިފައިއެވެ.

މައްސަލަ ހުށަހެޅި ޖަމިއްޔާ އިން ބުނި ގޮތުގައި ރަންވީރުގެ ބަރަހަނާ ފޮޓޯތަކަކީ އަންހެނުންގެ އިހުސާސްތަކާ ކުޅެ، އެ މީހުންގެ ޖަޒުބާތުކަށް ވެސް ފުރައްސާރަކުރުމުގެ ގޮތުން ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެއެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

ބަތަލާ ދީޕިކާ ޕަދުކޯންގެ ފިރިމީހާގެ ފޮޓޯށް ބަރަހަނާ ކޮށް ނެގި ނަމަވެސް ގިނަ ބޮލީވުޑް ތަރިން ތިބީ އޭނާގެ ދިފާއުގައި ނިކުމެއެވެ.

ތަރިން ބުނާގޮތުގައި އެއީ ރަންވީރު ގެ ކެރުން ދައްކުވައިދިން ފޮޓޯ ތަކެއް ކަމަށާއި، ކޮންމެ ކޮންމެ މީހެއްގެ އެ ގަޓް ނުހުންނާނެ ކަމަށެވެ.

އެވަރުން ނިމުނިއެއް ނޫނެވެ. ރަންވީރު ބަރަހަނާ ފޮޓޯތަކާއި އެކުގައި ބައެއް ތަރިން ވަނީ ބަރަހަނާވެގެން ފޮޓޯ ނަގައި އޭނާއަށް ސަޕޯޓް ކުރާކަން އެންގުމަށް ސޯޝަލް މީޑިއާގައި ހިއްސާކޯށްފައިއެވެ.

އެގޮތުން ސައުތުގެ އެކްތަރު ވިޝްނު ވިޝާލް ވަނީ ބަރަހަނާކޮށް ފޮޓޯނަގައި ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައިއެވެ. އަދި ބުނެފައި ވަނީ އެގޮތަށް ބަރަހަނާ ފޮޓޯ ނެގުމަކީ ޓްރެންޑް އަކަށް ހަދަން ވެއްޖެކަމަށެވެ. އަދި ބަރަހަނާ ފޮޓޯ ނެގުމަށް ހިތްވަރު ވެސް ދީފައި ވެއެވެ.

 

View this post on Instagram

 

A post shared by Vishnu Vishal (@thevishnuvishal)


އަދި ޑްރާމާ ސިލްސިލާ ތަކުން މަގުބޫލު ކަން ހޯދައިފައިވާ އެކްތަރު ނުކުލް މެހެތާވެސް ވަނި ރަންވީރު ނެގިފަދަ ބަރަހަނާ ފޮޓޯއެއް ހަމަ އެ ޕޯސްގައި ނަގައި ސޯޝަލް މީޑިއާގައި އާންމު ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Nakuul Mehta (@nakuulmehta)

މީގެ އިތުރުން ކޮރިއަގްރާފާ އާދިލް ހާން ވެސް ވަނީ މިފަދަ ބަރަހަނާ ފޮޓޯއެއް ނަގާ ސޯޝަލް މީޑިއާގައި އާންމުކޮށްފައިއެވެ. އާދިލްގެ ބަރަހަނާ ފޮޓޯތަށް ނަގާފައި ހުރީ ބީޗެއްގައިއެވެ.

ރަންވީރުގެ ފޮޓޯތަށް އާންމު ކުރުމާއި އެކުގައި މިކަމާ ދެކޮޅަށް ގިނަ ބަޔަކު ނިކުތް ކަމުގައިވިޔަސް ގިނަ ބަޔަކު ބުނަނީ ނުބެހޭ ކަންތަކާ ނުބެހި ތިބެން ދަސްކުރަން ވެއްޖެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަޓޭ
ތީ ނޫސްވެރިކަމުން ބޭރު ހަބަރެއް މުސްލިމް ގައުމެއްްގެ ނޫހަކުން ގެނެސްދޭން ހެޔޮނުވާވަރުގެ ހަބަރެއް