އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބުގެ މަޤާމަށް ވާދަކުރައްވަނީ އިބުރޭއާއި އަޙްމަދު

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބުގެ މަޤާމަށް ވާދަކުރައްވަނީ އިބުރޭއާއި އަޙްމަދު

Author
މުޙައްމަދު ޖިމީ
25 ޖުލައި 2022 06:05
0

އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބުގެ މަޤާމަށް ކުރިމަތިލެއްވި މީހުންގެ ނަންތައް އާންމުކޮށްފިއެވެ.

މިހާރު ހިނގަމުންދާ ދައުރުގެ އެމްޑީޕީ ޗެއާރޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމުގެ މުއްދަތު އަންނަ އޮކްޓޫބަރު 25 ވާ އަންގާރަ ދުވަހަށް ހަމަވާނެއެވެ. އެހެންކަމުން މިމަޤާމުތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ އެޕާޓީގެ މެމްބަރުންނަށް ކުރިމަތުލެއްވުމުގެ ފުރުޞަތު އެޕާޓިން ހުޅުވާލިއެވެ. އެމުއްދަތު ހަމަވީ މިއަދު މެންދުރު 12:00ގައެވެ.

އެމްޑީޕީން ބުނީ އެ މަޤާމުތަކަށް ދެބޭފުޅަކު ކުރިމަތިލެއްވިކަމަށެވެ. އެއީ:

1. އިބްރާޙީމް ވަހީދު ، މ.ބަނަފްސާވިލާ / މާލެ ( ޗެއަރޕާސަންގެ ނައިބު އިދާރީ )
2. އަޙްމަދު ޢަބދުﷲ ، އޯސަންވޭވް / ހއ.ތަކަންދޫ ( ޗެއަރޕާސަންގެ ނައިބު މާލީ )

އެމްޑީޕީން ބުނީ ޑެޕިއުޓީ ޗެއަރޕާސަން އިންތިޚާބު އޮންނާނީ އަންނަ އޯގަސްޓް 19 ވާ ހުކުރު ދުވަހު އެޕާޓީގެ ކޮންގްރެސްގައިކަމަށެވެ. އަދި މިއިންތިޚާބުގައި ވޯޓުލެވޭނީ އެ ކޮންގްރެސްގައި ބައިވެރިވެ ވަޑައިގަންނަވާ ކޮންގްރެސްގެ ބައިވެރިންނަށްކަމަށްވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ އަސާސީ ގަވައިިދު ބުނާ ގޮތުން، ޗެއާޕާސަންގެ ނައިބު (އިދާރީ) އަކީ، އިދާރީ ގޮތުން ޗެއާޕާސަންއަށް އެހީތެރިވުމަށް ހުންނަ މީހެކެވެ. ޗެއާޕާސަން ނެތް ހާލަތެއްގައި އެ މާގަމް ވަގުތީ ގޮތުން ފުރުއްވާނެ މީހަކީ ޗެއާޕާސަން ނައިބު އިދާރީއެވެ. އަދި ޗެއާޕާސަން ނައިބު މާލީ އަކީ އެ ޕާޓީގެ ހަތަރު ވަނައަށް އެންމެ އިސް މަގާމެވެ. އޭނާ އަކީ ޕާޓީގެ މާލީ ކަންކަން ބެލެހެއްޓުމާއި ޗަންދާގެ ކަންތައްތައް ޗެއާޕާސަންގެ ބެލެމުގެ ދަށުން އިންތިޒާމް ކުރާ ފަރާތެެވެ.

މިހާރު އެމްޑީޕީގެ ޗެއަރޕާސަން ނާއުބު އިދާރީއަކީ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒެވެ. އަދި ޗެއަރޕާސަން ނާއިބު މާލީއަކީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.