އިލްޔާސް ވިދާޅުވީ، ރައީސް ޞާލިޙަކީ ނަބިއްޔާ ދުއާ ދެއްވި ވެރިއެއްކަމަށް ވިދާޅުނުވާކަމަށް

އިލްޔާސް ވިދާޅުވީ، ރައީސް ޞާލިޙަކީ ނަބިއްޔާ ދުއާ ދެއްވި ވެރިއެއްކަމަށް ވިދާޅުނުވާކަމަށް

Author
މުޙައްމަދު ޖިމީ
19 ޖުލައި 2022 11:12
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ނަބިއްޔާ ޞޢވ ދުޢާ ދެއްވި ވެރިއެއްކަމަށް ވިދާޅުނުވާ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ޙުސައިން ވިދާލުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ކެމްޕޭން ކުރައްވަމުން އިލްޔާސް ވަނީ ރައީސް ޞަލިޙަކީ ނަބިއްޔާ ދުޢާ ދެއްވި ވެރިއެއްކަމަށް ވިދާޅުވެފައިކަމަށް ބައެއް ފާރަތްތަކުން ސޯޝަލް މީޑިއާގައި ހިއްސާކުރަން ވަނީ ފަށާފައެވެ. ދީނީ ބައެއް ޢިލްމުވެރިން ހައްޔަރުކޮށް ބަންދު ޖަހާފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށާއި އަދާލަތަށް އަމާޒުވެފައިވަނިކޮށް އަދާލަތު ޕާޓީގެ މެންބަރުން ތިބޭ ގްރޫޕަކަށް މީހަކު ވަނީ ޝައިޚް އިލްޔާސް ވިދާޅުވި އެ ވާހަކަތައް ހިއްސާކޮށްފައެވެ.

މިއާއެކު އިލްޔާސް ވަނީ އެ ޚަބަރުގެ ސުރުޚީއަކީ ތެދެއްކަމަށް ޤަބޫލުކޮށްގެން އެ ޚަބަރު ފަތުރާ ފަރާތްތަކުން ތައުބާވާންޖެހޭނެކަމަށް ވިދާޅުވެފައެވެ. އިލްޔާސްގެ އެ ވާހަކަފުޅަށް ތަޢީދުކުރައްވާ ޑރ.އިޔާޟް ޢަބްދުއްލަޠީފް ވަނީ އިލްޔާސްގެ އެ ވާހަކަފުޅުގައި ގޯހެއް ނެތްކަމަށް ވިދާޅުވެފައެވެ. އެއާއެކު އިލްޔާސްވެސް ވިދާޅުވީ އޭނާ ދައްކަނީ އެވާހަކަކަމަށެވެ.

އިލްޔާސް ވަނީ އެ ޚަބަރަކީ ދޮގު ކަބަރެއްކަމަށް ވިދާޅުވެ ހަދައިގެން ދައްކާ ވާހަކަތަކެއްކަމަށް ތުހުމަތުކުރައްވާފައެވެ.

ޝައިޚް އިލްޔާސް މިހެން ވިދާޅުވިނަމަވެސް، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އައްޑޫ ސިޓީ ހިތަދުއަށް ވަޑައިގެން އިލްޔާސް ވަނީ ރައީސް ޞާލިޙާއި، ނާއިބު ރައީސް ފައިސަލް ނަސީމަކީ ކީރިތި ރަސޫލާ ދުއާ ދެއްވާފައިވާ ވެރިންކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.