ގޮޓާބަޔަ ރާއްޖެ ވަޑައިގަތުމަށް ހުއްދަ ދެއްވީ ޤާނޫނާއި އެއްގޮތަށްތޯ ސާފުކޮށްދެއްވަންޖެހޭ: ދިޔާނާ

ގޮޓާބަޔަ ރާއްޖެ ވަޑައިގަތުމަށް ހުއްދަ ދެއްވީ ޤާނޫނާއި އެއްގޮތަށްތޯ ސާފުކޮށްދެއްވަންޖެހޭ: ދިޔާނާ

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2022 11:33
0

ސްރީ ލަންކާގެ ރައީސް ގޮޓާބަަޔަ ރާޖަޕްކަސް ރޭ މެންދަމު ރާއްޖެ ވަޑައިގަތުމުގައި ދިވެހި ސަރުކާރުން ޢަމަލުކޮށްފައިވަ ގޮތެއް ބަންޑާރަ ނައިބު ސާފުކޮށްދެއްވަންޖެހޭ ކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ސްރީ ލަންކާގެ ރައީސް ގޮޓާބަަޔަ ރާޖަޕްކަސް ރޭ މެންދަމު ރާއްޖެ ވަޑައިގަތުމުގެ ދަތުރު ހަމަޖައްސައިދިނީ ގާނޫނުއަސާސީގައި ރައީސަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ގާނޫނާ އެއްގޮތަށް ކަމަށް ލަންކާގެ އެއާ ފޯސް އިން ވަނީ ބުނެފައެވެ.

ލަންކާގެ ރައީސާއިމެދު އެޤައުމުގައި އުފެދިފައިވާ ނުތަނަވަސް ދަނޑިވަޅުގައި ރާއްޖެއިން ލަންކާ ރައީސް އެތެރެވުމަށް ހުއްދަ ދީފައިވާ ގޮތާއިމެދު ޤާނޫނީ ސުވާލުތަކެއް ދަނީ އުފައްދަމުންނެވެ. ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ވިދާޅުވީ ލަންކާއިން ގޮޓާބަޔަ ފުރާ ވަޑައިގެންނެވުމުގައި ޤާނޫނީ އެއްވެސް މައްސަލައެއް ނެތްކަމަށް އެޤައުމުގެ އަސްކަރިއްޔައިން ވިދާޅުވާއިރު، ރާއްޖެއިން ގޮޓާބަޔަ އެތެރެވުމުގައި ޢަމަލު ކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަށަވަރު ކޮށްދެއްވަންޖެހޭކަމަށެވެ.

ސްރީ ލަންކާގެ އަސްކަރީ ބާރުތަކުން ވިދާޅުވާ ގޮތުގައި، ގޮޓާބަޔަ ފުރައިވަޑައިގަތުމުގެ އިންތިޒާމު ހަމަޖެއްސީ ޤާނޫނާއި އެއްގޮތަށް. ދިވެހި ރާއްޖެއަށް ލޭންޑުކޮށް އެތެރެވެ ވަޑައިގަތުމަށް ރާއްޖޭގެ ސަރުކާރުން ހުއްދަ ދެއްވީ ޤާނޫނާއި އެއްގޮތަށްތޯ ބަންޑާރަނައިބް އެބަޖެހޭ ވިދާޅުވެދެއްވަން.

– ދިޔާނާ ވިދާޅުވިއެވެ.

ގޮޓާބަޔަ ދަތުރުކުރެއްވި އަސްކަރީ މަތިންދާބޯޓް ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މެންދަމުން އަލިވެ 3:05 ގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

އެއާ ފޯސް އިން ނެރުނު ބަޔާނެއްގައި ބުނީ މިއީ ލަންކާގެ ޑިފެންސް މިނިސްޓްރީގެ ހުއްދައާ އެކު އިމިގްރޭޝަނާއި ކަސްޓަމްސް އަދި ކަމާ ގުޅުން ހުރި ހުރިހާ އިދާރާއެއްގެ ހުއްދަ ލިބިގެން، ކަޓުނަޔަކަ އެއާޕޯޓްގެ އުސޫލުތަކާ އެއްގޮތަށް ހުރިހާ ކަމެއް ހަމަޖެހިގެން ކުރެއްވި ދަތުރެއް ކަމަށެވެ. އެއާ ފޯސް އިން ބުނީ ކަޓުނަޔަކަ އެއާޕޯޓުން ގޮޓަބަޔަ ވަޑައިގަތީ އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާ އެކުގައި ކަމަށެވެ.

މިމައްސަލާގައި ދިވެހި ސަރުކާރުންވެސް އަދި ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުންވެސް އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ާ ާހަހުމަދު
ސްރީލަންކާ ބަނގުރޫޓުކޮށްލި ވެރިންނަށް އިހުތިރާމު ކުރުމަށްވުރެން ބޮޑަށް ރާއްޖެއިން އިސްކަން ދޭން ޖެހޭނީ ލައްކާގެ ހާލުގައި ޖެހިފަ ތިބި ރައްޔިތުންގެ އިހުސާސްތަކަށް.