ރައްޔިތުންގެ ބާރުވެރިކަމާއި ގުޅޭގޮތުން ޝަރީފްގެ ރައްދެއް އަނެއްކާވެސް ރައީސް ޔާމީނަށް

ރައްޔިތުންގެ ބާރުވެރިކަމާއި ގުޅޭގޮތުން ޝަރީފްގެ ރައްދެއް އަނެއްކާވެސް ރައީސް ޔާމީނަށް

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2022 09:05
0

ރައްޔިތުންގެ ބާރުވެރިކަމާއި ގޫޅޭގޮތުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ދައްކަވާފައިވާ ވާހަތަކަށް، ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި އަހުމަދު ޝަރީފް އަނެއްކާވެސް ރައްދެއް ދެއްވައިފިއެވެ.

ރައީސް ޔާމީން ހޯމަ ދުވަހު ކުރެއްވި ޓްވީޓުގައި ވަނީ، ރާއްޖެވެސް އަވައްޓެރި ސްރީ ލަންކާ އޮތް ހާލަތަށް ވެއްޓިދާނެ ކަމަށް އިޝާރާތް ކުރައްވާ ސަލާމަތީ ބާރުތަކަށް ރައްޔިތުންގެ ބާރު އެނގެން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ މިހާރު ވެރިކަމުގައި ތިއްބެވީ ބޯހަރުު ބައެއް ކަމަށާއި، އެމީހުންގެ ސިޔާސަތުތަކަށް ބަދަލު ނުގެންނަ ނަމަ އިގްތިސާދު ފުނޑުފުނޑުވެ ރައްޔިތުން ފަގީރުވާނެެ ކަމަށެވެ.

މިވާހަތަކަށް ޝަރީފް ވަނީ ހަމަ އެދުވަހުވެސް ރައްދު ދެއްވާފައެވެ. އަދި ރޭވެސް ވަނީ މިކަމާއި ގުޅޭގޮތުން ޓުވީޓެއް ކުރައްވާފައެވެ. ޝަރީފް ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުންގެ ބާރުވެރިކަމާއި ރައްޔިތުންގެ ބާރުތަކުގެ މަތީން ހަނދުމަފުޅުވަނީ ރައްޔިތުންގެ ތެރޭގައި ހުންނަވަން ޖެހުނީމަ އެކަނިތޯ ސުވާލު ކުރައްވާފައެވެ.

ރައްޔިތުންގެ ބާރު މަތިން ތިހަނދުމަފުޅު ވަނީ ރައްޔިތުންގެ ތެރޭގައި ހުއްޓިވަޑައިގަންނަވަން ޖެހުނީމަ އެކަނި ނޫންތޯ.

ޝަރީފް ވިދާޅުވިއެވެ.

ޝަރީފަކީ ރައީސް ޔާމީނާއި، އިދިކޮޅު ޕީޕީއެމްގެ އެންމެ ބޮޑު ނުރުހުމެއް އަމާޒުވެފައިވާ އެއް ފަރާތެވެ. އިދިކޮޅު ތުހުމަތު ކުރާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަން ބަދަލުވެގެން ދިޔައީ ޝަރީފް އިސްކޮށް ހުންނަވައިގެން ހިންގެވި ކަންތައްތަކެއްގެ ސަބަބުންނެވެ. ނަމަވެސް ޝަރީފް އޭރުވެސް އަދި މިހާރުވެސް ވިދާޅުވަމުންދަނީ އިންތިޚާބުގެ ނަތީޖާއަކީ ހާމަކަން ބޮޑުކޮށް ހާމަކޮށްފައިވާ އިންސާފުވެރި ރައްޔިތުންގެ ނިންމުންކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކެޔޮޅު
ރ. ޔާމީން އަކީ ބޮޑު ވަގެއް. އަވަސް ވީ ގޮތަކުން އޭނާ ޖަލަށް ލުމަށް ގޮވާލަން.