ކޮރަޕްޝަން ހުއްޓުވުމަށް ނިޒާމީ ގޮތެއްގައި މަސައްކަތް ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ބައްދަލުވުމެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެޖަލް (ޕީޖީ) އެކީ ބާއްވައިފިއެވެ.
މިބައްދަލުވުމާއި ގުޅޭގޮތުން އޭސީސީން ބުނެފައިވަނީ މިބައްދަލުވުމަކީ ކޮރަޕްޝަނުގެ ޢަމަލުތައްް ތަޙުޤީޤުކުރުމާއި ދަޢުވާ ކުރުމުގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ދެއިދާރާގެ ދޭތެރޭގައި ކުރެވުނު މުހިންމު މަޝްވަރާ ތަކެއްކަމަށެވެ. މިބައްދަލުވުމުގައި ކޮރަޕްޝަން ހުއްޓުވުމަށް ނިޒާމީ ގޮތެއްގައި މަސައްކަތް ކުރެވޭނެ ގޮތްތަކާމެދު ޕްރޮސިކިއުޓަރ ޖެނެރަލްއާއި މަޝްވަރާ ކުރެވިފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސީސީއާއި ޕީޖީން ބައްދަލު ކޮށްފައިވާއިރު އޭސީސީން ދައުވާ ކުރުމަށް ފޮނުވާ މައްސަލަތަކުގައި ދައުވާ ކުރެވޭނެ ފެންވަރު ނެތިގެން ބައެއް މައްސަލަތަކެއް ވަނީ އަބުރާ އޭސީސީއަށް ފޮނުވާލާފައެވެ. އޭގެ ތެރޭގައި ވެންޓިލޭޓަރުގެ މައްސަލައާއި، މާލެ ސިޓީ ކައުންސިލް މޭޔަރު ސިފާގެ މައްސަލަވެސް ހިމެނެއެވެ.
އޭސީސީން ފޮނުވާ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތައް އަބުރާ ފޮނުވާލަންޖެހޭ ސަބަބާއި ގުޅޭގޮތުން ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ އޭސީސީން މައްސަލަތައް ފޮނުވާއިރު ކޯޓުތަކުގައި ސާބިތު ކުރެވޭ ވަރަށް ހެކި ނުހުންނަ ކަމަށެވެ. ކޯޓުގައިތަކުގައި ވަކާލާތު ކުރަންދާންޖެހޭނީ ޕީޖީ އޮފީހަށްކަމަށްވާއިރު މައްސަލަތަކުގައި ސާބިތު ކުރެވޭ ވަރަށް ހެކި ނެތި މައްސަލައާއިގެ ކުރިއަށްދާއިރު ކޯޓުގައި ދައްކާނެ ވާހައެއްވެސް ނޯންނާނެކަމަށް ޕީޖީވަނީ ވިދާޅުވެފައެވެ.
ޕީޖީގެ މިވާހަތަކާއި ގުޅިގެން އޭސީސީން ބުނެފައިވަނީ ދައުވާކުރަން ފޮނުވާ މައްސަލަތަކުގައި އޭސީސީން މައްސަލަ ފޮނުވަނީ ސާބިތުކުރެވޭ ވަރަށް ހެކި ހުރިކަމަށް ބެލާފައިކަމަށެވެ. ނަމަވެސް ޕީޖީން އެދޭކަންތައްތައް ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދާނެކަމަށް އޭސީސީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ