ޔޫ.އެސް.ސީ ފުޓްސަލް މުބާރާތަށް، މާރންސް އިން 2 ޓީމު ނެރެނީ

ޔޫ.އެސް.ސީ ފުޓްސަލް މުބާރާތަށް، މާރންސް އިން 2 ޓީމު ނެރެނީ

Author
މުޙައްމަދު ޝަޒައިމް
05 ޖުލައި 2022 08:03
0

އއ.މަތިވެރީގެ އެކްޓިވް ޖަމިއްޔާއެއްކަމަށްވާ މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯރޓްސް (މާރންސް) ޖަމިއްޔާގެ ފަރާތުން މިއަހަރުގެ ރައުޚް ޔޫ.އެސް.ސީ ފުޓްސަލް މުބާރާތުގައި 2 ޓީމް ވަނީ ބައިވެރިކޮށްފިއެވެ.

މާރންސް އަދި މާރންސް ސައެންސް ގެ ނަމުގައި 2 ޓީމް ބައިވެރިވެފައިވާއިރު މާރންސް ޓީމްގެ މެއިން ސްޕޮންސަރ އެއްގެ ގޮތުގައި ހަމަޖެހިފައިވަނީ އިރުބެ އެކަޑެމީއެވެ. އަދި މާރންސް ސައެންސް ޓީމުގެ މެއިން ސްޕޮންސަރ އަކީ ހިތްވަރު އިންވެސްޓްމަންޓް އެވެ. 2 ޓީމުގައިވެސް ރަށުން ބޭރު އެއް ކުޅުންތެރިއެއް ހިމެނެއެވެ. އަދި މި މުބާރާތައް ތައްޔާރުވުމަށްޓަކައި ފަރިތަކުރުންތައް މިހާރު ކުރިޔަށް ގެންދާކަމަށް ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މާރންސް ޓީމަށް މެއިން ސްޕޮންސަރ ދެއްވާފައިވާ އިރުބެ އެކަޑެމީއަކީ ރަށުގެ އަދި ރާއްޖޭގެ ފެންވަރުގައި ތަފާތު އެކިއެކި ކަންކަން ކުރަމުންގެންދާ ފަރާތެއްކަން ފާހަގަ ކުރެވެއެވެ. އިރުބެ އެކަޑެމީގެ ވެރިޔާކަމަށްވާ އއ.މަތިވެރި އުޑުވިލާ އިރުފާން ޢަލީ އަކީ އެކަޑެމީގެ އިތުރުން ކޮންސްޓްރަކްޝަން އަދި ގެސްޓްހައުސް ވިޔަފާރި ކުރައްވާ ހިންގުންތެރި ޒުވާނެކެވެ. ރަށުގެ އެކިއެކި ކުޅިވަރުތަކުގައި އިރުބެގެ ފަރާތުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާކަން ވަނީ މަޢުލޫމާތު ލިބިފައެވެ.

އަދި މާރންސް ސައެންސް ޓީމަށް ސްޕޮންސަރ ދެއްވާފައިވާ ހިތްވަރު އިންވެސްޓްމަންޓްއަކީ އއ.މަތިވެރިއަށް ނިސްބަތްވާ ރިސޯޓް ސަޕްލައި ކުރުމުންދާ ވިޔަފާރިއެކެވެ.

އާއްމު ރައްޔިތުންނާއި ކުޅިވަރުގެ ކަންކަމުގައި އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މިކުންފުނީގެ އެންމެހާ ބޭފުޅުންނަކީވެސް މަތިވެރިއަށް އުފަން މަތިވެރީގެ ރައްޔިތުންތަކެއްކަން ފާހަގަ ކުރެވެއެވެ.

އއ.މަތިވެތީ މާންސް ޖަމްއިއްޔާއަކީ އެރަށުގެ ތަރައްޤީއަށާއި، ރަށުގެ އިޖުތިމާއީ ކަންކަމުގައި އިސްނަގައިގެން ހަރަކާތްތެރިވާ ޖަމްއިއްޔާއެކެވެ. ރަށުގައިި ހިންގޭ އެކިއެކި މަސައްކަތްތަކުގައާއި، ހިންގޭ އެކި މުބާރާތްތަކާއި، އާންމު ފަރުދުންނާއި ގުޅުންހުރި ގިނަ ކަންކަމުގައި މާންސް ޖަމްއިއްޔާއިން ގެންދަނީ ބައިވެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.