ހޮނިހުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިރާންގެ ދެކުނުގެ ސަރަހައްދުތަކަށް އައި ބާރުގަދަ ބިންހެލުމެއްގައި 5 މީހުން މަރުވެއްޖެ ކަމުގައި، އިރާނުގެ ރަސްމީ ނޫސް އޭޖެންސީ އިރްނާއިން ރިޕޯޓު ކޮށްފިއެވެ.
މި ބިންހެލުން އައިސްފައިވަނީ އިރާނުގެ ހުޅަނގުދެކުނުގެ ސިޓީއެއް ކަމުގައިވާ ހޯމަޒްގަން ޕްރޮވިންސްގެ ބަންދަރު އައްބާސް ސިޓީގެ 100 ކިލޯ މީޓާރު ހުޅަނގު ދެކުނަށެވެ. ބިންހެލުން އައިސްފައިވަނީ މިންގަޑުން 6.0ގެ ބާރު މިނުގައި ކަމުގައި ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނެފައި ވެއެވެ.
ހޯމަޒްގަންގެ ގަވަރުނަރު މަހުދީ ދޯސްތީއާއި ހަވާލާދީ އިރްނާ ނޫސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިޕްރޮވުންސުން 5 މީހަކު މަރުވެ 19 މީހަކު ވަނީ ޒަޚަމްވެފައެވެ.
ދޯސްތީ ވިދާޅުވެފައިވާ ގޮތުގައި މި ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ ބިންހެލުމުގެ އެޕިސެންޓަރއާއި އެންމެ ކައިރީގައި އޮންނަ ސަޔޭހް ޚޯސްޓު ވިލެޖަށެވެ.
ފާއިތުވެދިޔަ ނޮވެމްބަރުމަހު ހޯމަޒްގަން ޕްރިވިންސަށް 6.4 އަދި 6.3ގެ ބާރުމިނުގައި އައި ދެ ބިންހެލުމެއްގައިވެސް އެ ޕްރޮވިންސްގައި އެކަކު މަރުވެފައި ވެއެވެ.
ގިނަ އަދަދެއްގެ ޓެކްޓޯނިކް ޕްލޭޓެތަކެއް ނިމޭ ހިސާބުގައި އޮންނަ އިރާނަކީ ސިސްމިކް ހަރަކާތްތައް (ބިންހެލުންތައް ގިނަ) ގައުމެކެވެ. އިރާނަށް އައިސްފައިވާ އެންމެ ގެއްލުން ބޮޑު ބިންހެލުން އައިސްފައިވަނީ 7.4ގެ ބާރު މިނުގައި 1990ވަނަ އަހަަރުއެވެ. އެގައުމުގެ ދެކުނަށް އައި އެ ބާރުގަދަ މި ބިންހެލުމުގައި 40،000 މީހުން މަރުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ