ގޮވާތަކެއްޗާއި ހަތިޔާރާއިއެކު ސިފައިންގެ ތަމްރީނެއް ހުޅުމާލޭގައި

ގޮވާތަކެއްޗާއި ހަތިޔާރާއިއެކު ސިފައިންގެ ތަމްރީނެއް ހުޅުމާލޭގައި

Author
މުޙައްމަދު ޝަޒައިމް
15 ނޮވެމްބަރ 2020 08:40
0

ގޮވާތަކެއްޗާއި، ހަތިޔާރާއިއެކު ސިފައިން ކުރިއަށްގެންދާ ތަމްރީނެއް ހުުޅުމާލޭ ފޭސް 2 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފްއިން މިރޭ ބުނެފައިވަނީ (އެމް.އެން.ޑީ.އެފް) ގެ ފަރާތުން މާދަމާ އިން ފެށިގެން މަމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ފޭސް-2 ގައި ސްމޯލް ޓީމް އެކްސަސައިޒް 2020ގެ ނަމުގައި ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ. އަދި، މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ވެސް ހަމަޖެހިފައިވާކަމަށެވެ.

އެމްއެންޑީއެފްއިން ދޭތެރެ ދޭތެރެއިން އަސްކަރީ ތަމްރީންތައް މާލެއާއި މީހުން ދިރިއުޅޭ ބައެއް ރަށްތަކުގައިވެސް ހަތިޔާރާއިއެކުވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މިތަމްރީން ތަކަކީ ސިފައިންގެ ހުނަރާއި ޤާބިލްކަން އިތުރު ކުރުމަށް އެއިދާރާއިން ކުރިައށް ގެންދާ ތަމްރީން ތަކެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.