"ކޮފީ ވިތު ކަރަން"ގެ ޓީޒާ: ކަރަން އާދެސްކޮށްގެންވެސް ޝޯއަށް އަންނާނެ މީހަކު ނުވި!

"ކޮފީ ވިތު ކަރަން"ގެ ޓީޒާ: ކަރަން އާދެސްކޮށްގެންވެސް ޝޯއަށް އަންނާނެ މީހަކު ނުވި!

Author
ފާތިމަތު ނާވީ
02 ޖުލައި 2022 02:52
0

ނުފޫޒުގަދަ ޑައިރެކްޓަރ ޕްރޮޑިއުސަރ ކަރަން ޖޯހަރު ގެެނެސްދޭ ޝޯ "ކޮފީ ވިތު ކަރަން" އަށް ހަތް ވަނަ ސީޒަންގެ ޓީޒާ ދައްކާލައިފިއެވެ.

ގިނަ ތަރިންތަކެއް މިހާރުވެސް ދާން ބޭނުން ނުވާ މި ޝޯ ދައްކަން ފަށާނީ މިމަހުގެ 7 ވަނަ ދުވަހުގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިންނެވެ.

"ކޮފީ ވިތު ކަރަން" 2004 އިން ފެށިގެން ގެނެސްދެމުން އައީ ސްޓާ ވޯލްޑް އިންޑިއާ އިންނެވެ. އެކަމަކު މި އަހަރު  ޝޯ ގެނެސްދޭނީ ހޮޓް ސްޓާ އިންނެވެ.
މި ޝޯއަކީ ކަރަންއާ ގާތް ބޮލީވުޑްގެ ތަރިންނާއެކު ކުރިއަށް ގެންދާ ޝޯއެކެވެ. މީޝޯއާ މެދު ހިތްހަމަ ނުޖެހި ޝޯ ތެރެއިން ކިތަންމެ ތަރިންނެއް އޭނާއަށް ވައްބަހުންވެސް ޖަހައެވެ.

މި ފަހަރުގެ ޝޯގެ ކުލައަކީ ބެލެވޭ ގޮތުގައި އޮރެންޖް ކުލައެވެ. ވަރަށް އޮރެންޖުކަން ގަދަ ސެޓެއްގައި އޮރެއްންޖު ކުލައިގެ ކޮފީމަގެއް ހިފައިގެން އިން ކަރަންގެ މި ޝޯއަކީ ވަރަށް "ކްލެސީ" ކޮށް ގެނެސްދޭ ޝޯ އެކެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

މި ފަހަރުގެ ސީޒަންގައި ގެންނާނެ ބައެއްތަރިންގެ ނަންތައް ވެސް މިހާރު ވަނީ ލީކު ވެފައެވެ. އާންމުކޮށް މިޝޯގައި ބައިވެރި ކުރަނީ ބޮލީވުޑްގެ އޭލިސްޓްގެ، ކަރަންއާ ގާތް ތަރިންނެވެ.

މީގެ ކުރީގެ ސީޒަން ތަކުގައިވެސް ތަރިންގެ ވަރަށް ޕާސަނަލް ވާހަކަތައް ވަނީ މިޝޯ މެދުވަރިކޮށް ފޭނުންނާ ހިއްސާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަބީ
މަވާ ސަލާމް!