އެއްޖިންސުން ގުޅުން ހިންގާ ކޮޓަރިއަށް އެތައް ބަޔަކަށް ދިން ދައުވަތު! ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ!

އެއްޖިންސުން ގުޅުން ހިންގާ ކޮޓަރިއަށް އެތައް ބަޔަކަށް ދިން ދައުވަތު! ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭ!

Author
ހުސެއިން
28 ޖޫން 2022 08:52
0

ދިވެހިރާއްޖޭގައި ވަކީން ޚާއްސަކޮށް ފުރަ މާލެއަކީ ތޮށްޖެހިފައިވާ ތަނަކަށް ވެފައި، މި ތޮށްޖެހިފައިވާ ކުޑަ އެހެނަސް ބައިބޯ މުޖުތަމައަކީ ސިއްޙީ ބަލިތަކުގެ އިތުރުން، އިޖުތިމާއީ ގިނަ ބަލިތަކެއްވެސް އެ މުޖުތަމައެއްގައި އަށަގެންފައިވާ މުޖުތަމަޢެއް ކަމުގައި ދަންނަވާން ޖެހެއެވެ.

އޭގެ އިތުރުން، ގޭންގު މާރާމާރީ ތަކާއި، ވައްކަމާއި ފޭރުމުގެ އަމަލްތައްވެސް ތަކުރާރުކޮށް ހިގާ މި މުޖުތަމަޢި އެންމެ ފަހުން ހޭލައްވާލީ، މީގެ ކުރިން އާންމު ނުވާ، ގިނަ ބަޔަކަށް ސިހުން ލިބިގެންދިޔަ ބޮޑެތި ތުހުމަތުތަކަކާ އެކީއެވެ.

އާންމުން ދަންނަ އެތައް މޫނެއް ހިމެނޭ، އާންމު ވެގެން ދިޔަ ވީޑިއޯ ތަކާއި ފޮޓޯތައް ވެގެން ދިޔައީ އެއްވެސް ހައިސިއްޔަތަކުން އާންމު ރައްޔިތުންނަށް ބަލައި ނުގަނެވޭ، ނުބައި ފާހިޝް އަމަލްތަކެއްގެ ތުހުމަތު އެތައް ބައެއްގެ ބޮލުގައި އެޅިގެން ދިޔަ ވީޑިއޯތަކެއް ކަމުގައެވެ.

އޭގެ ތެރޭގައި ސިޔާސީ ގޮތުން އިސްކޮށް ހަރަކާތްތެރި ވަމުންދާ މޫނުތަކެއް ހިމެނިގެން ދިއުމާއި ގުޅިގެން އާންމު އުސޫލުން، މި ވީޑިއޯތަކާއި ފޮޓޯތައް އެތައް ބަޔަކު ދަނީ ސިޔާސީ ބޭނުމަށް ސޯޝަލް މީޑިއާގައި ފަތުރާ، ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަކަމަށް ބުނާ މީހުންނަށް ފުރައްސާރަކޮށް ހަނގާވެސް ކުރަމުންނެވެ.

ކޮންމެއަކަސް، މިގޮތުން އާންމު ވެގެންދިޔަ ބައެއް ވީޑިއޯތަކުން، މާތްވެގެންވާ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ނުބައިކަން ބޮޑު، އެއްޖިންސުން ގުޅުން ހިންގުމުގެ އަމަލް ހިންގާތަން ފެންނާން ހުރިއިރު، މީގެތެރެއިން ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، "އެއް ޖިންސުން ގުޅުން ހިންގާ ކޮޓަރިއަށް" މީހުން ގެންގޮސް މި އަމަލް ހިންގުމުގައި އިސްކޮށް އުޅެފައިވަނީ ބަންގަލަދޭޝްގެ ރައްޔިތެއްކަން އެގެން ހުރެއެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްމުހައްމަދު ރިޔާޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ބެލެވޭ ގޮތުގައި މިވީޑިއޯތަކާއި ފޮޓޯތައް އާންމު ކުރުމަށްފަހު އޭގެ ބޭނުން ކޮށްގެން ބަޔަކު މީހުން ބްލެކް މެއިލްކޮށް، ފައިސާގެ ބޮޑެތި އަދަދުތައްވެސް ވަނީ ނަގާފައެވެ.

އަދި ބަދުއަޚްލާގީ އަމަލް ހިންގާތަން ރެކޯޑުކޮށް މި ވީޑިއޯތަކުގެ ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރުމަށް ބަޔަކު މީހުން ރާވައިގެން މިކަން ކުރާކަމާއި މިކަމުގައި ހަރަކާތްތެރި ވާ މީހުންގެ މައުލޫމާތު މިހާރު ދެނެގަނެވިފައިވާ ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.

 

މައްސަލަ ބަލާ، އަވަސް ފިޔަވަޅު އެޅިދާނެކަމަށް ގިނަ ބަޔަކު ޝައްކު ކުރޭ!

ފުޅާދާއިރާގައި މީހުން ބްލެކްމެއިލްކުރުމާއި އެއްޖިންސުން ގުޅުންހިންގުމާއި ގުޅުންހުރި މައްސަލަތައް މާޗްމަހުން ފެށިގެން ފުލުހުންގެ ސަމާލުކަމަށް އައިސްގެން ތަހްގީގްކުރަމުން އަންނަކަމަށް، މިހާރު އާންމު ކުރެވެމުންދާ ފޯޓޯތަކާއި ވީޑިއޯތަކާއި ގުޅޭގޮތުން އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެގައި، އެސިސްޓަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒް ވިދާޅުވެފައި ވެއެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި، ފުޅާދާއިރާއެއްގައި ބްލެމެއިލް ކުރުމާއި، އެއް ޖިންސުން ގުޅުން ހިންގުމާއި ގުޅުންހުރި މައްސަލަތަކަކަކީ ޤާނޫނުން ބޮޑު އަދަބުތަކެއް ކަނޑައެޅިފައިވާ ކުށްތައް ކަމުގައެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި، ފުލުހުންގެ އިދާރާއަށް ހުށައެޅޭ މައްސަލަތައް އިޖްރާއަތާއި އެއް ގޮތަށް ދަނީ ކުރިޔަށެވެ.

އެހެންނަމަވެސް، މިހާރު އާންމު ވަމުންދާ ވީޑިއޯތަކުގެ ތެރެއިން އެންމެ ފުރަމަ ލީކްވި ވީޑިއޯއިން ފެންނަ ކަމަށްބުނާ، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިގާކަމަށް ބުނާ ވީޑިއޯގެ މައްސަލާގައި އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރި ނަމަވެސް، ފުލުހުން އޭނާ ހައްޔަރު ކޮށްފައި ނުވާތީ ފުލުހުންނަށް ވަނީ ގިނަ ބައެއްގެ ފާޑު ކިއުން އަމާޒު ވެފައެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނަޝީދުގެ ކޮއްކޮ ނާޒިމްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

އޭގެ އެއް ސަބަބެއްގެ ގޮތުގައި ގިނަ ބަޔަލު ފާހަގަކުރާ އެއް ކަމަކީ، ނާޒިމް ސައްތާރަކީ، ސިޔާސީ ގޮތުން ނުފޫޒުގަދަ މަގާމެއްގައި ހުންނެވި، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އެއްބަޑު އެއްބަފާ ކޮއްކޮ ކަމުގައި ވެފައި، އޭނާ ހައްޔަރު ކުރުމަށް އެތައް އަޑު އުފުލަމުން ދަނިކޮށް، ލީކުވެފައިވާ އޯޑިއޯތަކާއި ގުޅޭގޮތުން ޝައްކު އުފައްދަވާ ނަޝީދު މިމައްސަލާގައި ވާހަކަ ދެއްކެވުމެވެ. މިމައްސަލައާއި ގުޅޭގޮތުން ކުޑަމިނުން މަޖިލިސް ފްލޯގައި ބަހުސް ކުރުމަށްވެސް ނަޝީދު ޖާގަ ދެއްވާފައެއް ނުވެއެވެ.

އޭގެ އިތުރުން، ލީކުވެފައިވާ ފޮޓޯތަކުން ފެންނަ ކަމަށްބުނާ ބައެއް މަޖިލިސް މެމްބަރުންގެ ހިމާޔަތުގައި މަޖިލިސް ފްލޯގައި ނަޝީދު ވާހަކަ ދައްކަވާ، މިއޯ މީހުން ބްލެކްމެއިލް ކުރުމަށް ފުލުހުން ހިންގާ ޖަރީމާއެއްގެ ގޮތަށް މިކަން ސިފަކުރުމަށް ނަޝީދު މަސައްކަތް ކުރައްވާ، އެމޭރުމުން ވާހަކަ ދައްކަވާފައި ވުމާއިއެކު، އެއްޖިންސުން ގުޅުން ހިންގާފައިވާކަމަށް ބުނާ މައްސަލާގައި ފުރިހަމަ ތަހުގީގެއް ކުރެވި، މިއީ ހަގީގަތުގައިވެސް ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ސާބިތު ކުރެވިދާނެކަމާ މެދު މިހާރު ގިނަ ބައެއްގެ ހިތްތަކުގައި ވަނީ ޝައްކު އުފެދިފައެވެ.

އެހެންކަމުން، މިހާތަނަށް ލީކް ވެފައިވާ ވީޑިއޯތަކާއި އަދި ފޮޓޯތަކާއެކު އުފެދިފައިވާ ޝައްކުތަކާއި، އަދި މީގެ ސަބަބުން މުޖުތަމަޢުގައި އުފެދިދާނެ ފިތުނަވެރިކަމާ ފަސާދައަކުން މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކާވެސް މި މައްސަލަތަށް ފުރިހަމަޔަށް ތަހުގީގު ކުރެވި، މިއަމަލު ހިންގި ފަރާތްތަކާއި އަދި މިވީޑިއޯތަކާއި ފޮޓޯތަކުގެ ބޭނުން ކޮށްގެން މީހުން ބްލެކްމެއިލްކޮށް ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދާ ފަރާތްތައްވެސް އިންސާފުގެ ކުރިމަށްޗަށް ގެންނަން ޖެހިފައި ވާކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

 

ސަމާލުވާންޖެހޭ!

ބަރަހަނާ ވީޑިއޯތަކާއި ފޮޓޯތައް ބޭނުން ކޮށްގެން މީހުން ބްލެކްމެއިލްކޮށް ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަކީ ރާއްޖޭގައި އަލަށް ކުރެވެމުންދާ ކަމެއް ނޫންކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

އެއްޖިންސުން ގުޅުން ހިންގުމަށް ބޭނުން ކޮށްފައިވާ ކޮޓަރި

އެހެންނަމަވެސް، މިފަހަަރު ލީކު ވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކަށް ބަލާލުމުން މިއީ މުޅިން އެހެން ލެވެލްއެއްގައި ހިންގާފައިވާ އަމަލްތަކެއް ކަމާއި، އަދި މިއަމަލް ހިންގާ މިކަމުގައި އެތައް ބަޔަކު ޝާމިލްވެ އޭގެ އިތުރުން ވީޑިއޯތަކާއި ފޮޓޯތަކުގެ ބޭނުން ކޮށްގެ މީހުން ބްލެކްމެއިލް ކުރުމަށް ރޭވިގެން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަން އެގެން އެބަހުއްޓެވެ.

އަދި މިއީ ޓެކްނޮލިޖީއާއި ސޯޝަލް މީޑިއާގެ ޒަމާން ކަމަށްވުމާއެކު، މިގޮތުން ލީކްވާ ވީޑިއޯތަކާއި ފޮޓޯތަކަކީ، އެއްވެސް ހާލަތެއްގައި ނަތާލާލުމުގެ ފުރުސަތު ނޯނާނޭ ކަންކަމަށް ވުމާއެކު، މިކަންކަމުގެ ހައްލަކީ ހަގީގަތުގައިވެސް މިފަދަ ނޭއްގާނީ، އަދި ދީނުގައި ނަހީކުރައްވާފައިވާ އަމަލްތަކަށް އަރައި ނުގަތުމެވެ.

ހަމައެއާއެކު މީހުން ބްލެކްމެއިލް ކުރުމަކީ ރޭވިގެން، އޭގެ ނާޖާއިޒް ފައިދާ ނެގުމަށް ހިންގޭ އަމަލްތަކަކަށްވާތީ، ދެވޭ ދައުވަތުތައް ގަބޫލުކޮށް، ގޮތް ނޭގޭ ތަންތަނަށް ދިއުމާއި، ތިމާގެ ނަފްސު ބޭޒާރުވާ ޒާތުގެ ކަންކަމަށް ހުށެހެޅިގެން ދިޔަ ނުދިނުމަށް މިއަދުވަނީ ފަރުދީ ހައިސިއްޔަތުންވެސް އިހުނަށްވުރެ ބޮޑަށް ވިސްނާ ސަމާލުކަން ދޭން ޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނައުޝާ
ތިއާޓިކަލް އަކީ ފިރިހެންކުޅިން ހިމާޔަތްކުރަން ވެގެން ލިޔުނު އެއްޗެއްތަ؟ ބަލަ ދައުވަތު ދިނަސް ކުޅި ނުކުޅުނީމަ ނިމުނީއެއްނު. ރޫމަށް ދިޔުން އެއީ މައްސަލައެއް ނޫން ކުޅި ނުކުޅެންޏާ. ރޫމްގަ ހުންނަ ބޮންދު އެއްޗެހި ބޭލިޔަސް ދެން ހުންނަ މީހާގެ ކަމެއް އެކަމުގެ ބައިވެރިވެ ކުޅި ކުޅުމާ ނުކުޅުން. ކުޅި ނުކުޅެންޏާ މައްސަލައެއް ނެތް. މައްސަލައަކީ ކުޅި ކުޅުނީމަ. ތިއާޓިކަލް ލިޔެފަ ތިހިރީވެސް ފޮޓޯތަކާ ވީޑިއޯ ލީކުކުރާތީ ކަންބޮޑުވެގެން. ވައްކަންކުރީމަ އެވީޑިއޯ ލީކުކުރާހެން ހަރާމްކުރައްވާފަވާ ފާހިޝް އެހެން ފާފަކުރީމާ ބޮޑުންނޭ ސިޔާސީ މީހުންނަށް ވީމަކާ ދެން އެވީ ލީކުކުރާ މީހުން ހިފައި ހައްޔަރުކުރަންތަ؟ ކުށަކީ ލީކުކުރުންދޯ ވޯޑިއޯ...
ޢ ޢަމްރާ
މިވީޑިއޯތަކާއި ފޮޓޯތަކުގެ ބޭނުން ކޮށްގެން މީހުން ބްލެކްމެއިލްކޮށް ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދާ މީހުން ހުއްޓުވަން ނަހަދާ. އިންސާފުގެ ކުރިމަށްޗަށް ގެންނަން ޖެހޭނީ ފިރިހެންކުޅި ކުޅުނު މީހުން.
އ އައްޔަ
އަދި ބަދުއަޚްލާގީ އަމަލް ހިންގާތަން ރެކޯޑުކޮށް މި ވީޑިއޯތަކުގެ ބޭނުންކޮށްގެން މީހުން ބްލެކްމެއިލް ކުރީމަތަ މައްސަލައަކަށްވީ؟ މަކުނުކުޅި ކުޅުމަކީ މައްސަލައަކަށް ނުވިދޯ... ރެކޯޑް ކޮށްފަ ލީކު ކުރުންދޯ މައްސަލައަކަށްވީ