ޢީދު ޝޯވއާއި ހަވާ އެރުވުން، ނުބާއްވަން އެޗްޑީސީން ނިންމައިފި

ޢީދު ޝޯވއާއި ހަވާ އެރުވުން، ނުބާއްވަން އެޗްޑީސީން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
27 ޖޫން 2022 08:55
0

ގިނަ މީހުން އެއް ތަނަކަށް ޖަމާވެ ކުރިއަށްގެންދާ ކުޅިވަރު ހަރަކާތްތައް، މިފަހަރުގެ އަޟްޙާ ޢީދުގައި ހުޅުމާލޭގައި ކުރިއަށް ނުގެންދިއުމަށް އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން މިގޮތަށް ނިންމާފައިވަނީ، ރާއްޖޭގައި އަނެއްކާވެސް ކޯވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން، އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެގޮތުން އެންމެ ގިނަ ބަޔަކު އެއްވެ ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ، ޢީދު ޝޯވއާއި ހަވާ އެރުވުން މިއަހަރު ނޯންނާނެކަމަށް އެޗްޑީސީން ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީން އަންނަނީ ޢީދުގެ ހަރަކާތްތައް ހުޅުމާލޭގައި ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ. ކޯވިޑްގެ ސަބަބުން ޢީދު ފާހަގަކުރުން މެދުކެނޑިފައި އޮތުމަށްފަހު މިދިޔަ ކުޑަ ޢީދުވެސް ވަރަށް ކުލަގޮތެއްގައި ފާހަގަކުރިއެވެ. އެގޮތުން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުމާއި، ފެން ޖެހުމާއި ކުލަ ޖެހުމުގެ ކުޅިފަރުތަކާއި، އަދި އާއްމުންނަށް ބައިވެރިވޭގޮތަށް އިންތިޒާމްކޮށް ކުރިއަށްގެންދިޔަ އެކިއެކި ހަރަކާތްތައް ހިމެނެއެވެ.

މިއަހަރުގެ އަޟްޙާ ޢީދުވަނީ ޖުލައި މަހުގެ 9ވަނަ ދުވަހަށެވެ. ރާއްޖޭގައި ކޯވިޑް19ގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށާފައިވާތީ، އެޗްޕީއޭއިން ވަނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށްވެސް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.