ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްގެ މައްސަލަ އާއި މިފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލްކުރާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި މިއަދު ވަނީ ނާޒިމް އާއި ބިދޭސީ ފިރިހެނެއް ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުކޮށްލައިފައެވެ. އެވީޑިއޯ އިން ފެންނަ ގޮތުގައި ނާޒިމް ސައްތާރާއި އެހެން ފިރިހެނަކު މާލޭގެ ގެއެއްގައި އެއްޖިންސުން ގުޅުން ހިނގާތަން ފެނެއެވެ. ލީކުވެފައިވާ ވީޑިއޯއިން އެއީ ނާޒިމް ސައްތާރުކަން ވަރަށް ސާފުކޮށް ފެނެއެވެ. މި ވީޑިއޯ ވަނީ ރާއްޖޭގެ ވަރަށް ގިނަ މީޑިއާ ތަކާއި ޝައިޚުންނަށް ފޮނޮވައިފައެވެ.
ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ ނާޒިމަކީ ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ކިޔަވައިދޭންވެސް ދާ މީހެއްކަން ފާހަގަކުރެވެއެވެ. އެ ވީޑިއޯއިން ފެންނަނީ އެނާ ނޫންކަމަށް ނާޒިމް ބުނި ނަމަވެސް އެ ވީޑިއޯގެ ސްކްރީންޝޮޓްތައްވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
މިމައްސަލާގައި ފުލުހުން ބުނެފައިވަނީ ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު ފުލުހުން ވަނީ މީގެ ކުރިން ފަށާފައިވާކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މިއަދު އާންމުވި ވީޑިއޯއާ ގުޅިގެން އެވީޑިއޯގައި ހިމެނޭ މީހުންނާއި ގުޅޭ މައްސަލަ މިއަދުވަނީ ތަހުގީގުކުރަން ފަށާފައި ވާކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް މިދަނީ އަޅަމުން.
– ފުލުހުން ބުނެފައިވެއެވެ.
ދައުރުވަމުންދާ ވީޑިއޯއާއި ގުޅިގެން ނާޒިމް ވަނީ އެއީ އެޑިޓެއް ކަމަށް ބުނެފައެވެ. އަދިމިއީ އަގުވައްޓާލުމަށް ހިންގާ ވަރަށް ބޮޑު ޖަރީމާއެއްގެ ގޮތުގައި ނާޒިމް ވަނީ ސިފަކޮށްފައެވެ. ނާޒިމްގެ ވީޑިއޯއާއި ގުޅިގެން ގިަނ ބަޔަކު ދަނީ އޭނާ ހައްޔަރު ކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.