މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑޭނެ: ސްޓޭލްކޯ

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑޭނެ: ސްޓޭލްކޯ

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2022 07:55
0

ކޮންމެހެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތެއް ކުރުމަށްޓަކާ މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެކުންފުނިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން ގްރިޑްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް މާދަމާ ހެނދުނު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތް ކުރިއަށްދާނީ މާދަމާ ހެނދުނު 6:30 އިން 7:30 އާއި ދެމެދުއެވެ.

މި މަސައްކަތް ކުރިއަށްދާ ވަގުތު މާލޭގެ އެކި ސަރަޙައްދަކުން ކަރަންޓު ކަނޑާލެވޭނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. ކަރަންޓު ކަނޑާލެވޭނެ ސަރަޙައްދުތަކަކީ ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދާއި، ނަސަންދުރަ ހިމެނޭ ސަރަހަދާއި، ކާނިވާ ސަރަހައްދު، ގާކޮށި ފްލެޓާއި، އަރަބިއްޔާ ފްލެޓް ހިމެނޭ ސަރަހައްދު، ގަޑިބުރު ސަރަހައްދާއި، މަޖީދީމަގުގެ ފިނިޕާކު ހިމެނޭ ސަރަހައްދު އަދި މާފަންނު މަދުރަސާއާއި ދުނބުރި މިސްކިތް ހުންނަ ސަރަހައްދެވެ.

މިސަރަޙައްދުތަކުން މަސައްކަތް ކުރިއަށްދާ ގަޑި، 10 މިނެޓެއްހާއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.