ހިންނަވަރު ބަނދަރުގެ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިމިއްޖެއެވެ.
އެމްޓީސީސީން މިއަދު ބުނެފައިވަނީ ހިންނަވަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ހާބަރ ޕޭވްމަންޓްގެ ކާސްޓިންގ މަސައްކަތްތައް ކަމަށެވެ.
ހިންނަވަރުގައި ތަރައްޤީކުރާ އާ ބަނދަރަކީ 162 މީޓަރު ދިގު 47 މީޓަރުގެ ފުޅާ ބަނދަރެކެވެ. މަރާމާތު ކުރާ ބަނދަރާ އަލަށް ހެދުމަށް ނިންމާފައިވާ ބަނދަރާ އެކު ޖުމްލަ 653 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށްޓެއް ލާނެއެވެ. މިމަސައްކަތް ކުރާ އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 123 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ބޭރު ތޮށްޓެއްލުމާއި، ބަނދަރާއި ނެރު ފުންކުރުމުގެ އިތުރުން ބަނދަރު ހިމެނޭ ސަރަހައްދުގެ ބިން ހިއްކާ، ރިވެޓްމަންޓް ޖެހުމާއި، ބަނދަރު ބައްތިޖެހުމާއި ބަނދަރު ވަށައިގެން ޕޭވްމަންޓް ޖެހުމަށް ހަމަޖެހިފައިވާކަމަށެވެ.
We have completed quay wall concrete works for Lh. Hinnavaru Harbor Extension Project. Harbor pavement casting works are currently ongoing.#MTCCProjects #RayyithungeKunfuni pic.twitter.com/wGCOnaYXMe
— MTCC Plc (@MTCCPlc) June 21, 2022
މި މަޝްރޫއަށް 99.5 މިލިއަން ރުފިޔާ ޚަރަދުވާއިރު މި މަސައްކަތް 350 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
ކޮމެންޓު ފޮނުވާ