ފޮޓޯ ނަގާއިރު ކަރަން ތުންފަތަށް ޖައްސާ ވައްތަރުން އޭނާގެ ދަރި މަލާމާތް ކޮށްފި

ފޮޓޯ ނަގާއިރު ކަރަން ތުންފަތަށް ޖައްސާ ވައްތަރުން އޭނާގެ ދަރި މަލާމާތް ކޮށްފި

Author
ފާތިމަތު ނާވީ
19 ޖޫން 2022 09:14
0

ބޮލީވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ފޮޓޯ ނަގާއިރުގައި ތުންފަތަށް ޖައްސާ ވައްތަރު ތަކުން އޭނާގެ ފިރިހެން ދަރިފުޅު ޔާޝް ޖޯހަރު ޖޯކު ޖަހައިފިއެވެ.

ކަރަންގެ ތުންފަތް ފޮޓޯ ތަކުގައި "ޕައުޓް" ކޮށްފައި ހުންނާތީ ވަރަށް ކަމުނުދާ ކަމަށް ބުނެ ޔާޝް ވަނީ އެހަރަކާތްތައް ކޮށްފައެވެ. ކަރަންގެ ދަރިފުޅުގެ އިތުރުން މިފަދަ ފޮޓޯ ތަކަށް ގިނަ ބައެއްގެ މަލާމާތް ރައްދުވެއެވެ.

މަލާމާތް ކުރާމީހުން ކަރަން ފޮޓޯނަގާއިރު ބަތަލާ ކަރީނާ ކަޕޫރު ކޮޕީކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ. ކަރީނާ އަކީ ވެސް އޭނޭގެ ފޮޓޯތައް މިގޮތަށް "ޕައުޓް" ކޮށްގެން ނަގަން ފޯރި ހުންނަ ބަތަލާއެކެވެ.

ކަރަން ވަނީ ޔާޝްގެ ވީީޑިއޯއެއް އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައެވެ. މި ވީޑީއޯގައި ބުނެފައިވަނީ ޕައުޓު ކޮށްގެން ފޮޓޯ ނަގާތީ ލަދުގަންނަވާލައިފި ކަމަށެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

މިހާތަނަށް އަދި ކައިވެންޏެއް ކޮށްފައިނުވާ ކަރަން، 50 ވަނީ 2017 ވަނަ އަހަރު ދެދަރިން ހޯދާފައެވެ. ސަރޮގެސީ މެދުވެރިކޮށް ހޯދި ދެކުދިންނަނީ ޔާޝް ޖޯހަރް އައީ ރޫހީ ޖޯހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.