ބޮޑުކާމިޔާބެއް ބޮކްސް އޮފީހުގައި ހޯދައިފައިވާ ފިލްމް "ބޫލް ބުލައްޔާ2″ މިހާރު ނެޓްފްލިކްސް އިން ބަލައިލެވޭނެއެވެ.
މިއަދު މި ފިލްމް ނެޓްފްލިކްސް އިން ޕްރިމިއާ ކުރިއިރު ސިނަމާ ތަކުގައި ފިލްމް އަޅުވައިފައިވަނީ މޭ މަހުގެ 20 ވަނަ ދުވަހުގައިއެވެ.
މިއަހަރުގެ އެންމެ ކާމިޔާބު ފިލްމް ތަކުގެ ތެރޭގައި ހިމެނޭ މި ފިލްމް އަކީ 2007 ވަނަ އަހަރު ނެރުނު ބިރުވެރި މަޖާ ފިލްމު "ބޫލް ބުލައްޔާ" ގެ ސީކުއެލްއެކެވެ. އެބައިގެ ލީޑް ކުޅުނީ އަކްޝޭ ކުމާރާއި ވިދްޔާ ބަލަންއެވެ.
އަނީޒް ބާޒްމީ ޑައިރެކްޓުކޮށްފައިވާ "ބޫލް ބުލައްޔާ2″ ގެ ކާސްޓުގައި ހިމެނެނީ ކާތިކް އާރިޔާން، ކިއާރާ އަދުވާނީ، ތައްބޫ، ރާޖްޕާލް ޔާދަވް އަދި ސަންޖޭ މިޝްރާއެވެ.