ޔޫއެފާ ނޭޝަންސް ލީގުގައި ސްޕެއިން ސްވިޒަލޭންޑް އެއްވަރުވެ ގުރޫޕްގެ އެއްވަނަ ގެއްލިއްޖެއެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ސްވިޒަލޭންޑެވެ. މިލަނޑު ޖަހާފަިއވަނީ މެޗުގެ ފުރަތަމަހާފްގެ 26 ވަނަ މިނިޓުގައި ރެމޭ ފްރެއުލާއެވެ. މެޗުގައި ނަތީޖާ ސްޕެއިންއިން ހަމަހަމަ ކުރުމުގެ ކުރިން ލަނޑުޖަހާ ލީޑް ނަގަން ވެސްވަނީ ފުރުސަތު ލިބިފައެވެ. ރޭގެއި މެޗުގައި ބައިނަލްއަގުވާމީ 177 މެޗު ހަމަކުރި ސާޖިޔޯ ރާމޯސް ވަނީ ލިބުނު ދެ ޕެނެލްޓީވެސް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.
ރޭގަ މެޗާއެކު ޔޫރަޕުގެ އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ރާމޯސް ވަނީ އާކޮށްފައެވެ. ދުނިޔޭގެ އަންމެ ގިނަމެޗު ކުޅުންތެރިޔާގެ ރެކޯޑް ހެދުމަށް ރާމޯސް މިހާރު ބޭނުންވަނީ ބާކީ ހަތްމެޗެވެ. ރޭގެ މެޗާހަމަޔަށް ރާމޯސް ވަނީ 2018 ވަނަ އަހަރުން ފެށުގެން އެންމެފަހުން ޖެހި 25 ޕެނެލްޓީވެސް ކާމިޔާބުކޮށްފައެވެ.
ރޭގެ މެޗުގައި ސްޕެއިން އިން ނަތިޖާ ހަމަހަމަ ކުރީ ޖެރާޑް މޮރޭނޯ މެޗުގެ އެންމެ ފަހު މިނިޓުގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގެ 79 ވަނަ މިނިޓުގައި ސްވިޒަލޭންޑްގެ ނިކޯ އެލްވެޑީ އަށް ވަނީ ރަތްކާޑުދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗުން ލިބުނި ޕޮއިންޓާއެކު ޖަރުމަނަށްވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން ސްޕެއިން އޮތީ ގުރޫޕްގެ ދެވަނައިގައެވެ.
ގުރޫޕްގައި އަންގާރަ ދުވަހުގެރޭ މި ދެޓީމު ވާދަކުރާ މެޗުން މުބާރާތުގެ ފައިނަލު ބުރައްދާނެ ޓީމެއް ކަށަވަރުވެގެންދާނެއެވެ. މިނިތަޖީއެކު ލީގުގެ މޮޅެއް ނުހޯދޭތާ އެއްއަހަރު ވެފައިވާ ސްވިޒަލޭންޑް ވަނީ ލީގު ބީއަށް ރެލިގޭޓްވެފައެވެ.