ޕީޖީގެ މައްޗަށް ތަހުގީގެއް ނުހިންގާކަމަށް ފުލުހުން ބުނެފި

ޕީޖީގެ މައްޗަށް ތަހުގީގެއް ނުހިންގާކަމަށް ފުލުހުން ބުނެފި

Author
މުޙައްމަދު ޝަޒައިމް
17 ޖޫން 2022 09:25
0

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ މައްޗަށް ޖިނާއީ ތުހުމަތެއްގެ ތަހުގީގެއް ހިންގަމުން ނުދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުުހުން މިހެން ބުނެފައިވަނީ ޕީޖީ ޝަމީމްއާ ގުޅޭގޮތުން ބައެއް ފަރާތްކުން މިފަދަ ތަހުގީގެއް ހިންގާކަމަށްބުނެ ވާހަކަ ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. ކުޑަކުއްޖަކަށް ޝަމީމް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިކޮށް އެކަން ފުލުހުން ބަލަމުންދާ ކަމަށް ބުނެ ބަޔަކު އެ ވާހަކަތައް ފަތުރާތާ ދެތީން ދުވަސް ވެއްޖެއެވެ.

އެކަމާއި ގުޅޭގޮތުން މިދިޔަ ދެތީން ދުވަހު އެކި ފަހަރު މަތީން ނޫސްވެރީން ވަނީ ފުލުހުންނާއި އެ ސުވާލުކޮށްފައެވެ. މިދިޔަ ބުދަ ދުވަހު ފުލުހުން ވަނީ އެ މައުލޫމާތު ސާފު ކުރުމަށް ފަހު ހިއްސާ ކުރާނެ ކަމަށް ބުނެފައެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އަލްއުސްތާޛް ޙުސައިން ޝަމީމްގެ މައްޗަށް ޖިނާއީ ތުހުމަތެއްގެ ތަހުގީގެއް އެސަރވިސްއިން ހިންގަމުން ނުދާ ކަމަށެވެ.

ޝަމީމްއާ ގުޅޭގޮތުން މިފަދަ ވާހަކަތަކެއް ފެންމަތި ކޮށްފައި ވަނީ އޭނާ މަގާމުން ވަކިކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނިންމާފައިވަނިކޮށެވެ. މި މަހުގެ 13 ވަނަ ދުވަހު މެންދުރުފަހު ބޭއްވި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމަށް ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ފާސްވީ ވޯޓުގައި ބައިވެރިިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

ނަމަވެސް މިމައސަލާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި، އެމަނިކުފާނަށް ތާއީދު ކުރާ މެމްބަރުން ދަނީ ޕީޖީ ދިފާއު ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.