ކޮމިއުނިޓީ ސޭފްޓީ އެމްއޯޔޫއެއްގައި އެމް.ޑަބްލިއު.އެސް.ސީ އާއިއެކު ސޮއިކޮށްފި

ކޮމިއުނިޓީ ސޭފްޓީ އެމްއޯޔޫއެއްގައި އެމް.ޑަބްލިއު.އެސް.ސީ އާއިއެކު ސޮއިކޮށްފި

Author
މުޙައްމަދު ޝަޒައިމް
16 ޖޫން 2022 03:47
0

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒް މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށް ގެންދާ އެކި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު މެންދުރުފަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި " ކޮމިއުނިޓީ ޕާޓްނަރޝިޕް" ފަހުމުނާމާގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހުއެވެ.

މިއަދު ސޮއިކުރި މި ފަހުމުނާމާގެ ދަށުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒުން ހިންގާ އެކި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ އެކި ޕްރޮގްރާމްތަކާއި ރައްޔިތުން ހޭލުންތެރިކުރުމަށް ހިންގާ އެކި ޕްރޮގްރާމްތަކާއި މިނޫންވެސް ކުށްމަދު ކުރުމާގުޅޭގޮތުން ހިންގާ އެކި ޕްރޮގްރާމްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއަރޒްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ނަޞީރު އާއި އެމްޑަބްލިއުއެސްސީގެ އިސްވެރިންނާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެެއަރޒްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.