ވަގަށް މުރަނގަފަތް ބިންނަ މީހަކު ހޯދަނީ

ވަގަށް މުރަނގަފަތް ބިންނަ މީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
16 ޖޫން 2022 11:45
0

ތަކުރާރުކޮށް ވަގަށް މުރަނގަފަތް ބިންނަ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.

މުރަނގަފަތް ބިންނަ މީހާ އެކަން ކުރާ ވީޑިއޯއާ އެކު ފުލުހުން ވަނީ އޭނާ ހޯދައިދިނުމަށް އެދި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހާ އަކީ އެކި ދުވަސްމަތިން ބަނޑޭރިކޮށި ގޯއްޗެއްގައި ހުރި ގަހަކުން މުރަނގަފަތް ބިން ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.

ވީޑިއޯގައި ވަނީ ކާކުކަން އަދި ދެނެގަނެވިފައި ނުވާ މި މީހާ ފެބްރުއަރީ 8 ވަނަ ދުވަހު ވަގަށް ފަތް ބިންނަ މަންޒަރެވެ.

ފުލުހުން ވަނީ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެ މައުލޫމާތު ހިއްސާ ކުރަން އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.