މިލާންގެ ކޯޗު ޕިއޯލީ އަށް ކޮވިޑް ޖެހިއްޖެ

މިލާންގެ ކޯޗު ޕިއޯލީ އަށް ކޮވިޑް ޖެހިއްޖެ

Author
އިބްރާހީމް ސާޢިދު
15 ނޮވެމްބަރ 2020 01:07
0

އިޓަލީގެ އޭސީ މިލާނުގެ ކޯޗު ސްޓެފާނޯ ޕިއޯލީ ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

އޭސީ މިލާނުން ވަނީ ޕިއޯލީ ކޮވިޑަށް ޕޮޒެޓިވް ވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. ޕިއޯލީ ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިހާރު ހުރީ އައިސޮލޭޝަންގަ އެވެ. އަދި މިއަދު ބާއްވަން ހަމަޖެހިފައި އޮތް ކްލަބްގެ ފަރިތަކުރުންތައް ވަނީ ކެންސަލް ކޮށްފައެވެ.

ސެރިއާގެ ތާވަލުގެ 1ވަނާގައި 2 ޕޮއިންޓްގެ ލީޑަކާ އެކު އޮތް އޭސީ މިލާނު ދެން އެންމެ އަވަހަށް ލީގުގައި ކުޅޭނީ އަންނަ ހަފްތާގެ އާދީއްތަ ދުވަހު ނަޕޯލީ އާ ދެކޮޅަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.