ހުޝާމަދުކުރުމަކީ ބައްޔެއް، ވެރިކަން ބޭނުންނަމަ ނަޝީދުގެ ނަސޭހަތް ގަބޫލުކުރަންޖެހޭ: ބޮންޑޭ

ހުޝާމަދުކުރުމަކީ ބައްޔެއް، ވެރިކަން ބޭނުންނަމަ ނަޝީދުގެ ނަސޭހަތް ގަބޫލުކުރަންޖެހޭ: ބޮންޑޭ

Author
މުޙައްމަދު ޝަޒައިމް
15 ޖޫން 2022 01:59
0

ރައީސަކަށް ހުންނަ މީހަކަށް ހުޝާމަދު ކުރުމަކީ ބައްޔެއް ކަމަށާއި، ވެރިކަން ބޭނުންވާނަމަ ރައީސް ނަޝީދުގެ ހެޔޮ ނަސޭހަތް ގަބޫލު ކުރަންޖެހޭކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަޖިލީހުގައި ހިމެނޭ ރައީސް ޞާލިހަށް ތާއީދު ކުރައްވާ މެމްބަރުން ރައްދު ދެއްވައިފިއެވެ.

މަޖިލީހުގެ ޖަލްސާތަކުގައާއި، ސޯޝަލް މީޑިއާގައި އެމްޑީޕީގެ މެމްބަރުން ރައީސް ޞާލިހަށް ހުށާމަދުކޮށް ދައްކަވަމުންދާ ވާހަތަކާއި ގުޅިގެން ބޮންޑޭ ވިދާޅުވީ، ވެރިކަމަށް އެމްޑީޕީގެ މެމްބަރުން އެހްނެ ބޭފުޅުންނަށްވެސް މިރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންނަށް ބޭފުޅުންނަށް ސަނާކިޔައި، ހުޝާމަދުކޮށެގެން ވީގޮތް ސާފުވާނެކަމަށެވެ.

އެމްޑީޕީ ތެރެއިން ވެރިކަމަށް އަންނަން ބޭނުންވާ ކޮންމެ މީހަކުވެސް އެމްޑީޕީގެ ރައީސް ނަޝީދާއި، މަޖިލިސް ނައިބް ރައީސް އީވާގެ ހެޔޮ ނަސޭހަތް ގަބޫލު ކުރަންޖެހޭކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑު މިދަންނަވަނީ މިޤައުމުގެ ރައީސުލްޖުމްހޫރިއްޔާ އަކީ އެއީ މަޤާމަކަށް ކިޔާ ނަމެކޭ. އެމަޤާމަށް އަންނަނީ ފަސް އަހަރުން އެއްފަހަރު ބޭފުޅަކު. އަންނައިރު ރައީސް ނަޝީދުގެ ވާހަކަ، ރައީސް ނަޝީދުގެ އިރުޝާދު ރަނގަޅު ހެޔޮ ނަސޭހަތް، އީވާގެ ހެޔޮ ނަސޭހަތްތައް ޤަބޫލު ނުކުރައްވަންޏާ ދެން އެމްޑީޕީގެ އާންމު މެމްބަރުންހެ ހެޔޮ ނަސޭހަތްތައް ގަބޫލު ނުކުރާ ކަމަށްވަންޏާ ދެން އެބޭފުޅަކަށް ވަނެ ގޮތެއް މާތް ރަސްކަލާންގެ ދެނެ ވޮޑިގެންވަނީ. އަޅުގަނޑު އެދެން ހަމަ ދެވަނަ ދައުރަކަށްވެސް އެމަނިކުފާނަށް ފުރުސަތު ދެއްވާތޯވެސް. އެކަމަކު ކީއްތޯ ކުރާނީ. ހުޝާމަދު ކުރުމަކީ ބައްޔެއް.

– ބޮންޑޭ ވިދާޅުއެވެ.

ބޮންޑޭ ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް ހުޝާމަދު ކުރެއްވި ބޭފުޅުން މިއަދު ތިބި ތަނެއްވެސް ނޭގޭކަމަށެވެ. އޭރުގައި ހުޝާމަދުކޮށް ހެއްދެވި ވެރިންގެ ތެރެއިން ބައެއް ރައީސުންނަށް މިއަދު 3،000 މެމްބަރުންވެސް ހަމަނުވާ މަންޒަރު ފެންނަކީ ލަދުވެތި ވާންޖެހޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުކުގައި ރައީސްކަން ކުރެއްވި ބޭފުޅުންނަށް ހުޝާމަދުކޮށް ހެދި ރައީސުން މިއަދު ކޮންތާކުތޯވީ. ޔާމީނު ކޮންތާކުތޯވީ؟ މައުމޫނު ކޮންތާކުތޯވީ؟ އޭނަ އެކަނިމާއެކަނި 3،000 މީހުން ހަމަ ނުވެގެން އޭނަ އެއުޅެނީ. އޭނައަށް ހުޝާމަދުކުރި މީހުން ޤައުމުގައި މަދުތޯ؟

– ބޮންޑޭ ވިދާޅުވިއެވެ.

މަޖިލީހުގެ ތެރޭގައި ވެރިކަން ކުރާ އެމްޑީޕީގެ ރައީސް ނަޝީދާއި، ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ބަދަލު ކުރަމުންދާއިރު، ދެފެކްޝަނުން މިހާރު ދަނީ ވެރިކަމުގެ ރޭހުގެ ވާދަވެރިކަމުގެ މަސައްކަތްވެސް ފަށާފައެވެ. ރައީސް ޞާލިހު ވެރިކަމަށް ގެންނަން މަސައްކަތް ކުރައްވާ މެމްބަރުންނާއި، ނަޝީދު ވެރިކަމަށް ގެންނަން މަސައްކަތް ކުރައްވާ މެމްބަރުންގެ މެދުގައި ދަނީ ވާދަވެރި މަސައްކަތްތަކެއް ކުރެވެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

B Bindi
Amilla ah thimaa ge molhu kan dhekku ma kee kon kahala kame baa. Amilla ya flat dhonbe kiyaigen. thibunaa eevaa yaa nasheed ah heevany thiyaa bonde khushaa madhe ves noon hen kuranee ki e varuge visney bayaku ne kama thiya hadha nee e ee ves khushaa madhu ge vathare thi bunabee e varuge molhu meehaku party ga ves nethey emeehun ge bas gaboolu kuraa shey
ކ ކޮަރަކަލި
ކޮންމެމީހަކު ވެސް ތެދުވެރިކަމާއި އެކު މަސަށްކަށް ކުރުމުން ކާމިޔާބު ކަމާއެކު ކުރިއަށް ދެވޭނެ ކާމިޔާބު ދެއްވާފަރާތަކީﷲ އެފަރާތުގެ މަތީން ހަދުމަ ނަށްތާލައިގެން ނުވާނެ
ޢ ޢަވާމެނދުރު
thedeh tibunee hushaamaadu kurumakeeves adi libigathumakeeves ragalu kamehnoo