މޫސަ؛ ނަޝީދަށް: 7 ފެބުރުއަރީގައި އެޅި ކަހަލަ ޅައެއްޗެއް ނާޅާތި

މޫސަ؛ ނަޝީދަށް: 7 ފެބުރުއަރީގައި އެޅި ކަހަލަ ޅައެއްޗެއް ނާޅާތި

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެޅި ކަހަލަ ޅައެއްޗެއް މިފަހަރުގެ ވާދަވެރިކަމުގެ ތެރެއިން ނާޅާނެކަމަށް އުންމީދު ކުރާ ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ނެގޭ ވޯޓްތަކުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ނެރޭ ތްރީލައިން ވިޕާ ދެކޮޅަށް ވޯޓް ދެއްވި ނަމަވެސް ޕާޓީން ވަކި ނުކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ޕީޖީ ޝަމީމް މަޤާމުން ވަކިކުރުމަށް ކުރަމަށް ނަގާ ވޯޓުގައި ތްރީލައިން ވިޕާއި ޚިލާފްވާނެކަމަށް ވިދާޅުވެފައެވެ. މިހާރު ރައީސް ނަޝީދގެ ނިންމުމާއި އެއްގޮތަށް 18 މެމްބަރަކު ވަނީ ތާއީދު ކޮށްފައެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ ވިޕްލައިނާއި ޚިލާފްވެގެންވެސް އަމިއްލައަށް ޕާޓީން ވަކިވާނެ ކޮންމެވެސް ގޮތެއް ހޯދަން ނަޝީދު މަސައްކަތް ކުރަމުންދާކަމަށެވެ. މިއަދު ނަޝީދު މަސައްކަތް ކުރަމުންދަނީ ޕާޓީ އަތުން ދޫވުމުން ކުރެވެން އޮތް ކަމެއް ކުރުމަށް ކަމަށް މޫސަ ވިދާޅުވިއެވެ.

ޕާޓީ އަތުންދޫވީމަ ވާނެހަތަރެތި ތިވަނީ އިންތި ގޮވައިގެތް ނުކުތް އިންތިޚާބުން ބަލިކުރަން. އަޅުގަނޑު މަސައަތްކުރި މަގްސަދު އިރާދަކުރެއްވިއްޔާ ޙާސިލްވެއްޖެ. ވިޕްލައިނާ ޚިލާފްވިޔަސް މިކަލޭގެ ޕާޓީން ބޭރުނުކުރާތި ކޮންމެވެސް. ކުރީގެ ރައީސުންނަށް 3000 ހަމަވަނީވެސް ކިރިޔާ.

– މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ނަޝީދު މަސައްކަތް ކުރަނީ އަމިއްލައަށް ޕާޓީއެއް ހަދަން ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތުމާއި، އަދި މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅުންނަށް ޕާޓީ ހަދައިގެންވެސް 3،000 މެމްބަރުންވެސް ހަމަ ނުވެގެން އުޅޭކަމީ ފެންނަ ހަގީގަތް ކަމަށެވެ.

ޕާޓީން ކަނޑާނުލައިގެން އެހެންމީހެއްގެ ރަނިންމޭޓަކަށް ނުވެވިގެން ނުވަތަ އަމިއްލަ ޕާޓީއެއް އުފައްދަން ލަދުން އުޅުއްވާނެ ކަމެއްނެތް. ރައީސްކަންކޮށްފަ ޕާޓީދޫކޮށްފަ ދާ މީހުންގެޙާލަކީ 3000 މެމްބަރުނވެސް ހަމަވަނީ މަރަށް ފުރާނަޔަށްކިރިޔާ 7ފެބްރުއަރީ އެޅި ކަހަލަ ޅައެއްޗެއް ނާޅާތި.

– މޫސަ ވިދާޅުވިއެވެ.

ނަޝީދު ވަނީ ޕާލިމަންޓަރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަަހަރަކު ވިޕް ލައިންއާ އެއްގޮތަށް ވޯޓްލާން ބޭނުން ނުވާ މެންބަރުން ތިއްބަވާކަން ފާހަގަކުރައްވާފައެވެ. އޭގެ ފަހަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމުމާ ދެކޮޅު މެންބަރުން ނަން ނޯޓްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ރީކޯ ތި ވިދާޅުވީ މަޖުލީހުގެ ރައީސްކަމުން ވަކިކުރާނޫ އޭތަ

Leave a Reply

Your email address will not be published. Required fields are marked *