ހުޅުމާލޭ ފްލެޓަކުން މީހަކު ވެއްޓި ފަރުވާދެނީ

ހުޅުމާލޭ ފްލެޓަކުން މީހަކު ވެއްޓި ފަރުވާދެނީ

Author
މުޙައްމަދު ޝަޒައިމް
11 ޖޫން 2022 08:16
0

ހުޅުމާލޭގައި ފްލެޓަކުން އަންހެނަކު ވެއްޓި އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އަންހެން މީހާ ވެއްޓިފައިވަނީ ހުޅުމާލެ ފޭސް 1ގެ ފްލެޓެއްގެ 3ވަނަ ފަންގި ފިލާއިންކަމަށެވެ. އެއީ 22 އަހަރުގެ އަންހެނެކެވެ.

ވެއްޓުނު އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ.
މި ޙާދިސާ ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހަވީރު 05:30 ހާއިރުއެވެ.

މިކަމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.