މިއަދު ހެންވޭރުގެ ބައެއް ހިސާބުތަކުން ކަރަންޓި ކެނޑިދާނެ

މިއަދު ހެންވޭރުގެ ބައެއް ހިސާބުތަކުން ކަރަންޓި ކެނޑިދާނެ

Author
ހުސެއިން
11 ޖޫން 2022 08:06
0

ކޮންމެހެން ކުރަންޖެހޭ ބައެއް މަސައްކަތްތަކެއް ކުރުމަށްޓަކާ 11 ޖޫންވާ ހޮނިހިރު ދުވަހު ހެނދުނު މާލޭގެ ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަންޖެހިދާނެ ކަމަށް ސްޓެލްކޯއިން ބުނެވިއެވެ.

ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 11:30 އަށް ކަރަންޓް ކަނޑާލަންޖެހިދާނެ ސަރަހައްދު ތަކަކީ، ހެންވޭރުގެ އަބަދަށް އުފާ މަގާއި އަޝްރަފީ މަގު ހިމެނޭ ސަރަހައްދެވެ.

މި ސަރަހައްދުތަކުން ކަރަންޓު ކަނޑާލަންޖެހި، ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިންވަނީ މާފަށް އެދިފައެވެ.

ދާދިފަހުން ސްޓޭލްކޯއިންވަނީ، މާލެއިން ކަރަންޓު ކެޑެމުންދިޔަ މައްސަލަ ހައްލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.