ވެރިކަން ދިފާޢު ކުރުމަށްޓަކައި، ކުރީ ޒަމާނުގައި ކަންކަން ކުރި ގޮތާއި، ޚިލާފަށް މިހާރު ކަން ކުރަމުންދަނީ ފަޅުރައްތަކާއި، ރައްޔިތުންގެ ކުންފުނިތައް ޤުރުބާން ކޮށްގެން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ މަޝްވަރާތަކެއް ކުރުމަށް ރައީސް ޞާލިހު މިއަދު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ބައްދަލު ކުރައްވަން މާމިގިއްޔަށް ކުރައްވާ ދަތުރާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ކުރެއްވި ސުވަލަކަށް ޖަވާބު ދެއްވަމުންނެވެ.
ޓޮމް ވިދާޅުވީ މިއީ ޤާސިމް އިބްރާހިމް ރިޔާސީ އިންތިޚާބަށް ކުރައްވާ އުންމީދު ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. މިބައްދަލުވުމުގައި ރައީސް ޞާލިހު ވަނީ ރަނިން މޭޓްކަން ޤާސިމް ހުށަހަޅުއްވާފައިކަމަށާއި، އެމްޑީޕީގެ ރައީސް އަދި ރައީސް ޞާލިހުގެ ޒަމާންވީ އެކުވެރިއާއަށް ރަނިން މޭޓްކަންވެސް ހައްގު ނުވަނީތޯ ޓޮމް ވަނީ ސުވާލު އުފައްދަވާފައެވެ.
ޓޮމްގެ ޓުވީޓުގައި ވަނީ ބޮންޑޭއާއި، އެމްޑީޕީގެ ބައެއް މެމްބަރުންވެސް ޓެގް ކުރައްވާފައެވެ. މި ޓުވީޓައި ގުޅިގެން ބޮންޑެ ވިދާޅުވީ ކުރީ ޒަމާނުގައި ރާއްޖޭގައި އޮތް ރަސްކަން ދިފާޢު ކުރެއްވުމަށް ބިކުރުވެރި ކުރިންވެސް ޤުރުބާންކޮށް ހެދި ކަމަށެވެ. ނަމަވެސް މިހާރު ވެރިކަން ދިފާޢު ކުރެއްވުމަށް ޤުރުބާން ކުރަމުންދަނީ ރާއްޖޭގެ ފަޅު ރަށްތަކާއި، ކުންފުނިތަކާއި، ދައުލަތުގެ މާލިއްޔާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ކުރީޒަމާނުގައި ރަސްކަން ދިފާއުކުރާން ބިކުރުވެރި ކުދީން ވެސް ގުރުބާން ކުރި. މި ޒަމާނުގައި ގުރުބާން ކުރަމުންދަނީ ފަޅުތަކާ ފަޅުރައްތައް. ރައްޔިތުންގެ ކުންފުނިތައް. މާލިއްޔަތާއި ވުޒާރާތައް. "ރަންނަމާރި ޕޮލިޓިކްސް ؟؟؟!!
– ބޮންޑޭ ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމަކީ މިވެރިކަން ގެނައުމުގައި އެންމެ މުހިންމު ދައިރެއް އަދާކޮށް، ވެރިކަން ދެމެހެއްޓުމުގައިވެސް އެންމެ މުހިމު ދައުރެއް އަދާ ކުރައްވާ އެއް ލީޑަރެވެ. ޖޫމްހޫރީ ޕާޓީން ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމަށް މީގެ ކުރިން އިއުލާން ކޮށްފައެވެ. ނަމަވެސް މިބައްދަލުވުމުގައި ދެޕާޓީގެ އިސް ބޭފުޅުން ވާދަ ކުރައްވާއިރު، މިބައްދަލުވުމަށްފަހު ކަންކަން ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު ދެކެއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު ވާދަ ކުރައްވާއިރު، ރައީސް ނަޝީދުވެސް ވަނީ އިންތިޚާބުގައި ވާދަ ކުރައްވަނެކަމަށް އިއުލާން ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ