ރައީސުލްޖުމްހޫރިއްޔާ އިބްރާހުމް މުހައްމަދު ޞާލިހުގެ ނަމެއް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
ޝުޖާ މިހެން ވިދާޅުވީ ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ޝުޖާ ވަނީ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ވާދަކުރައްވަން ނިންމެވިކަން އިއުލާން ކުރެއްވައި ދެއްކެވި ވާހަތަކަށް ރައްދު ދެއްވާފައެވެ. ޝުޖާ ވިދާޅުވީ ރައީސް ޞާލިހު އިންތިޚާބަށް އިއުލާން ކުރެއްވުމަކީ އިންތިޚާބު ކާމިޔާބު ކުރުމަށް ޕީޕީއެމްއަށް ލިބިގެންދިޔަ ބޮޑު ފަސޭހައެއްކަމަށެވެ.
ރައީސް ޞާލިހަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމާއިމެދު ސުވާލު އުފައްދައި، އެމްޑީޕީގެ ތެރޭގައި އޮތް ކޯޅުމަށްވެސް ޝުޖާ ވަނީ ފާޑު ވިދާޅުވެފައެވެ. ޝުޖާ ވިދާޅުވީ އެމްޑީޕީއަކީ ރައްޔިތުންގެ ތާއީދެއްނެތް ގަބޫލު ނުކުރާ ބައެއްކަން މިހާރު ހިނގަމުންދާ ވެރިކަމަށް ބަލައިލުމުން ސާފުވާނެކަމަށެވެ. ރައީސް ޞާލިހު ވެރިކަމަށް އުންމީދު ކުރަނީ ނިމިދިޔަ އިންތިޚާބު އޮޅުވާލައިގެން ކާމިޔަބު ކުރުމުގައި އެހީތެރިވި ބައިވެރިންގެ މަދަދާއި އެކުގައިކަމަށެވެ. ނަމަވެސް އެމީހުންވެސް މިއަދު ތިބި ގޮތެއް ރައީސް ޞާލިހަށް ސާފު ނުވާކަމަށެވެ.
ރައީސް ޞާލިއަކީ ރައީސް ޔާމީނަށް އޮތް ޖެލެންޖެއްނޫން. މާފަސޭހައިން ބަލިކުރާނަން. ރައީސް ޔާމީނާއި ވާދަކުރެއްވުމަށް ރައީސް ޞާލިހު އިއުލާން ކުރެއްވުމަކީ މިކަން މާފަސޭހައިން ނިންމާލަން ލިބިގެންދާ ފުރުސަތެއް. އަނެއްކޮޅުން ރައީސް ޞާލިހުގެ ނަމެއް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ނުވެސް އޮންނާނެ.
– ޝުޖާ ވިދާޅުވިއެވެ.
ޝުޖާ ވަނީ މިޖަލްސާގައި އިލެކްޝަން ކޮމިޝަނުން ޕީޕީއެމުން އޮޅުވާލައިގެން މެމްބަރުން ބަދަލުކުރާކަމަށް ދައްކާ ވާހަކަތަކަށްވެސް ރައްދު ދީފައެވެ. ޝުޖާ ވިދާޅުވީ މިސަރުކާރުން ވެރިކަމަށް ގެނައުމަށް ރައީސް ޞާލިހު ވެފައިވަ ވައުދުތަކުގެ ތެރޭގައި އަދާލަތު ޕާޓީއަށް 10،000 މެމްބަރުން ހަމަކުރުމަކީ، ވެފައިވާ ވައުދެއްކަމަށެވެ. އެވައުދު ފުއްދާފައިވަނީ އިލެކްޝަނާއި ގުޅިގެން، ޕީޕީއެމްގެ ގިނަ މެމްބަރުން ވަގަށް ނަގައިގެންކަމަށް ޝުޖާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވެރިކަމުގެ ތެރޭގައި ހިންގަމުންދާ ތަފާތު އެކި ޤާނޫނާއި ޚިލާފް އަމަލުތަކާއިއެކު ރައީސް ޞާލިހުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެކަމުގެ ޔަގީނަކްނ އެބައޮތްކަމަށެވެ.
ކޮމެންޓު ފޮނުވާ