ޤާސިމާއި ރައީސްގެ ބައްދަލުވުމަށް، ދެޕާޓީގެ އިސްބޭފުޅުން!

ޤާސިމާއި ރައީސްގެ ބައްދަލުވުމަށް، ދެޕާޓީގެ އިސްބޭފުޅުން!

Author
މުޙައްމަދު ޝަޒައިމް
10 ޖޫން 2022 01:29
0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި އދ. މާމިގިއްޔަށް ވަޑައިގެން ޤާސިމް އިބްރާހިމްއާއި ކުރައްވާ ބައްދަލުވުމުގައި އެދެޕާޓީގެ އިސްބޭފުޅުން ބައިވެރިވެއްޖެއެވެ.

ރައީސް ޞާލިހު މިއަދު ހެނދުނު މާމިގިއްޔަށް ވަޑައިގެންފައިވަނީ ނުރައްމީ ދަރުތުރުފުޅެއްގައެވެ. އެމަނިކުފާނުގެ މިދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިވެއެވެ. އާންމުކޮށް ރައީސުލްޖުމްހޫރިއްޔާ ކޮންމެ ރަށަކަށް ވަޑައިގެންނެވި ނަމަވެސް އެކަން ރައީސް އޮފީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު ޓުވީޓު ކުރައްވައި އެދަތުރުގެ މައުލޫމާތު ކޮންމެވެސް މިންވަރަކަށް ހިއްސާ ކުރައްވައެވެ.

ގާސިމްގެ އުފަން ރަށް، މާމިގިއްޔަށް މިއަދު ހެނދުނު ވަޑައިގަތުމުން ރައީސަށް މަރުހަބާ ދެންނެވީ ރަތް ދޫލައިންނެވެ. ގާސިމްއާ އެކު ގިނަ ބަޔަކު އެއާޕޯޓު ސަރަހައްދަށް އެއްވެސް އެ މަރުހަބާގައި ބައިވެރިވިއެވެ.

މިދަތުރަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ މަޝްވަރާތަކެއް ކުރުމަށް ކުރެއްވި ދަތުރެއްކަން މިދަތުރުގައި ބައިވެރިވާ ބޭފުޅުންނަށް ބަލައިމުން ސާފުވެއެވެ. މިދަތުރުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟު އިސްމާއިލާއި، ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ)ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ކައުންސިލްގެ އިސްބޭފުޅުންވެސް މިދަރުގައި ބައިވެރިވިއެވެ.

އޭގެ ތެރޭގައި ކުރީގެ ސަރުކާރުގެ ހޯމް މިނިސްޓަރ އަޒްލީންއާއި، އަލީ އާރިފް މިދަތުރުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވެފައިވަނީ ރައީސް ޞާލިހު، ގާސިމްއާ އެކު ނުރަސްމީ މަޝްވަރާތަކެއް ޝެޑިއުލްކޮށްފައި އޮތްކަމަށެވެ. އޭގެ އިތުރުން ކައުންސިލަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.

ރައީސް ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގައި ދެން ވެސް އެއް ޕާޓީއަކުން އެކަނި ނުކުމެ އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނަކާ އެކު 2023 ގެ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.