ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.6 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.6 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރަން އުޅުނު މީހަކު ކަސްޓަމުން އަތުލަިއގެންފިއެވެ.

ކަސްޓަމުން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސްރީލަންކަން އެއާލައިނުން ރާއްޖެއައި ފަސިންޖަރުންގެ އަމަލުތައް ހުރިގޮތުން، އެތެރެހަށީގައި މަސްތުވާތަކެތި ގެނެސްފައިވާކަމާއިމެދު ކަސްޓަމަސްގެ އޮފިސަރުންނަށް ޝައްކު ކުރެވިގެން ބަލާ ފާސްކޮށް އިތުރަށް ސްކޭން ކުރުމުންކަމަށެވެ. މިއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއްކަން ކަސްޓަމްސް އިން ހާމަކޮށްފައި ނުވެއެވެ.

މިމައްސަލާގަިއ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު 852 ގްރާމު ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 1،062،44.00 (އެއްމިލިޔަން ފަސްދޮޅޮސް ދެހާސް ހަތަރުސަތޭކަ ސާޅިސް ހަތަރު ރުފިޔާ) އަށް އަރައެވެ. މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހު ކަސްޓަމްސް އިންވަނީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި، ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް، އިތުރަށް ފުޅާކުރުމަށް ސްޕެޝަލް އޮޕަރޭޝަންގެ ޓެކްނިކަލް ޓީމެއް ތަޢާރަފްކޮށް މާލެެއާއި ރީޖަނަލް ކަސްޓަމްސް ތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *