ވެބް ޝޯވ އެއްގެ ލީޑަށް މަނީޝް ޕޯލް!

ވެބް ޝޯވ އެއްގެ ލީޑަށް މަނީޝް ޕޯލް!

Author
ފާތިމަތު ނާވީ
10 ޖޫން 2022 04:35
0

މަޝްހޫރު ޓީވީ ހޯސްޓް މަނީޝް ޕޯލް އަށް ވެބް ޝޯއެއްގެ ލީޑުން ފުރުސަތު ލިބިއްޖެއެވެ.

މަނީޝް އަކީ ކުޅަދާނާ ހޯސްޓެކެވެ. ނަމަވެސް އޭނާ ވަނީ އޭނާ ގެ އެކްޓިންގެ ހުނަރުވެސް ދައްކާލައިފައެވެ. އެގޮތުން އޭނާގެ މުހިންމު ރޯލެއް ވަރުން ދަވަން ގެ ކުރިއަށް އޮތް ފިލްމް "ޖުގްޖުގް ޖިއޯ" އިން ފެނިގެން ދާނެއެވެ.

ޝޯ ހޮސްޓްކުރުމާއެކުއެކީ ހެން އޭނާ އަންނަނީ އެކްޓިންގ ކެރިއަރ ވެސް ކުރިއަރުވަމުންނެވެ. އެގޮތުން އޭނާއަށް ވަނީ ވެބް ސީރީޒެއްގެ ލީޑު ލިބިފައެވެ. އަދި މިހާތަނަށް މި ވެބް ސީރީޒާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް މި ޝޯގެ ޑައިރެކްޓަރަކީ ރިތަމް ޝްރިވާސްތަވްއެވެ.

ބެލުންތެރިންގެ މެދުގައި މަގުބޫލު އެތަށް ޝޯ ތަކެއް ހުށައަޅައިދީފައިވާ އެކްޓަރުގެ ފިލްމީ ކެރިއަރު ފަށައިގަތީ 2013 ވަނަ އަހަރުގެ ފިލްމް "މިކީ ވައިރަސް" އިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.