40 މޭލަަށް ވައިގަދަވެ ވިއްސާރަ ވާނެ ކަމަށް، ލަފާކޮށް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

40 މޭލަަށް ވައިގަދަވެ ވިއްސާރަ ވާނެ ކަމަށް، ލަފާކޮށް ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި

Author
މުޙައްމަދު ޝަޒައިމް
14 ނޮވެމްބަރ 2020 02:51
0

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފައިވަނީ ރ އަތޮޅުން އދ. އަތޮޅުގެ ރަށްތަކަށެވެ. ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވަނީ މިއަދު 15:00 އިން ފެށިގެން ހަވީރު 19:00 އަށެވެ. ބޯކޮށް ވާރޭ ވެހުމާއިއެކު ވިލާގަޑުގައި ގަނޑިއަކު 40 މޭލަށް ވައިދަވާނެކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖޭގެ މޫސުން ފާއިތުވެދިޔަ ދެދުވަހު ގޯސްވުމުން މެޓް އޮފީހުންވަނީ އެތައް ފަހަރެއްގެ މަތީން ވައިޓް އެލާޓް އެކި ހިސާބުތަކަށް ނެރެފައެވެ. އަދި ބައެއް ހިސާބުތަކަށް ޔެލޯ އެލާޓްވެސް ނެރެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.