އިތުރު 3 ރަށެއްގެ އަންހެނުންގެ ކޮމެޓީ އިންތިޚާބު ބާއްވަނީ

އިތުރު 3 ރަށެއްގެ އަންހެނުންގެ ކޮމެޓީ އިންތިޚާބު ބާއްވަނީ

Author
މުޙައްމަދު ޝަޒައިމް
01 ޖޫން 2022 09:04
0

އިތުރު 3 ރަށެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން ކޮމިޝަނުން، ޖުލައި މަހުގެ 23 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫ ދާއިރާ، ރ. އިންނަމާދޫ އަދި ތ. ވަންދޫގެ އަންހެނުންގެ ތަރައްޤީގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށްކަމަށެވެ. މިއިންތިޚާބުތަކުގައި ކުރިމަތި ލުމުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ 11 ވަނަ ދުވަހަށެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުތައް އަވަސްއަވަހަށް ބާއްވަމުންދާއިރު، މިކަމަށް އެއްވެސް ހައްލެއް އަދި މިހާތަނަށް ލިބިފައިނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ޖުލައި މަހުގެ 2 ވަނަ ދުވަހުވެސް 5 ރަށެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުމަށް ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާ ގާތްގާތުގައި އިންތިޚާބުތައް ބާއްވަންޖެހި، ކުރިމަތިލާނެ މީހުންގެ ޝައުޤުވެރިކަންވެސް ނުލިބޭތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންތިޚާބަށް ކުރިމަތިލާން ހުޅުވާލުމުން ކަނޑައެޅިފައިވާ މުއްދަތުގައި އެއްވެސް ތަރުޙީބެއް ނުލިބުމުގެ ކަންބޮޑުވުންވެސް އެކޮމިޝަނުން ފާޅުކޮށްފައިވެއެވެ. އަދި ކައިރި ކައިރީގައި އިންތިޚާބުތައް ބާއްވަން ޖެހުމަކީވެސް ބޮޑު ޚަރަދެއްކުރަންޖެހޭ ކަމަކަށްވާތީ ޤާނޫނީގޮތުން މިކަމަށް ހައްލެއް ގެނައުމުގެ ވިސްނުން ހުރިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވެފައިވާ ބައެއް މެންބަރުން މަޤާމުން އިސްތިއުފާދީ، އެމަޤާމަށް ޝައުގުވެރިކަން ކުޑަވާތީ، ސަރުކާރުން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންގެ މުސާރަވެސް މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.