ގައުމީ ފުޓްބޯޅަ މުބާރާތް އަންނަ ސީޒަނުގައި ބާއްވަން އެފްއޭއެމުން ތާވަލުކޮށްފި

ގައުމީ ފުޓްބޯޅަ މުބާރާތް އަންނަ ސީޒަނުގައި ބާއްވަން އެފްއޭއެމުން ތާވަލުކޮށްފި

ގުޅުންހުރި

ރާއްޖޭގެ އެންމެ ޝަރަފުވެރި، އަދި އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތްކަމުގައިވާ ގައުމީ ފުޓްބޯޅަ މުބާރާތް ކުރިޔަށްއޮތް ސީޒަނުގައި ބާއްވަން އެފްއޭއެމުން ތާވަލުކޮށްފިއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފޭސްބުކް މެދުވެރިކޮށް ގެނެސްދޭ، ލެޓްސް ޓޯކް ފުޓްބޯލް ޝޯވްގައި ވާހަކަ ދައްކަވަމުން، އެފްއޭއެމްގެ ހެޑް އޮފް ކޮމްޕެޓިޝަން ޑިޕާޓްމެންޓް އިސްމާއިލް ރިޔާޒް ވިދާޅުވީ، އާ ސީޒަންގައި ގައުމީ ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވާ ކަމަށެވެ.

އާ ސީޒަންގައި ގައުމީ މުބާރާތް ބާއްވާނެކަން އެފްއޭއެމުން ހާމަކުރިއިރު 2017 ވަނަ އަހަރުން ފެށިގެން އެކިއެކި ސަބަބުތަކާއި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅެވޭ ގައުމީ މުބާރާތް މެދުކެނޑިފައެވެ.

އަންނަމަހު ސީޒަންގެ ފުރަތަމަ މުބާރާތެއްގެ ގޮތުގައި ފަށާނީ 13 ވަނަ ދުވަހު ދިވެހި ޕްރިމިއަރ ލީގެވެ. ގައުމީ މުބާރާތް ނުވަތަ ޕްރެޒިޑެންޓްސް ކަޕް އެންމެ ފަހުން ބާއްވާފައި ވަނީ ދެހާސް ސަތާރަވަނަ އަހަރު އެވެ.  އެންމެ ފަހުން ކާމިޔާބުކޮށްފައި ވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

މިއީ ރާއްޖޭގައި މެދުނުކެނޑި ކުރިޔަށްދިޔަ އެންމެ ގިނަ ދުވަސްވީ މުބާރާތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *