ވެއްޓުނުކަމަށް ބުނެ ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ

ވެއްޓުނުކަމަށް ބުނެ ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
27 މެއި 2022 10:25
0

ގެއެއްގެ މަތިން ކުއްޖަކު ވެއްޓިގެން ގެއްލުނުކަމަށް ބުނާ ކުއްޖާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ މާފަންނު ގެއެއްގެ 4 ވަނަ ބުރިން 12 އަހަރުގެ ކުއްޖަކު ވެއްޓިފައިވާކަމުގެ މިރޭ 8:30 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި ގެއްލުނުކަމަށް ބުނާ ކުއްޖާ 9:47 ހާއިރު ގެއަށް އައިސްފައިވާކަމަށާއި އެކުއްޖާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އިމާރާތުގެ މަތީން ކުއްޖާ ވެއްޓުނު ކަމެއް ނުވަތަ ނޫން ކަމެއްވެސް މިހާރު ކަށަވަރެެއް ނޫނެވެ. އަދި ވެއްޓުނު ކަމަށް ބުނާ ވަގުތުން ފެށިގެން ގެއަށް އައުމާ ދެމެދު ހިނގި ވަގުތުތަކުގައި ކުއްޖާ އުޅުނީ ކޮންތާކު ކަމެއްވެސް ސާފެއް ނުވިއެވެ.

ފުލުހުން ވިިދާޅުވީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.