އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތާއި ދެކޮޅަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން "ބާކީ ނުވޭ" ކެމްޕެއިނެއް ފަށައިފިއެވެ.
މިކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. މިކެމްޕެއިންގައި ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކާއި އަދި ސަރުކާރުގެ ސިޔާސީ މުވައްޒަފުން މީސް މީޑިއާގައި ކެމްޕޭނެއް ފަށައިފައެވެ. އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ވަނީ މިކެމްޕޭންގައި ބައިވެރިވާން ފަށާފައެވެ.
އެ މަނިކުފާނު ވިދާޅުވީ، ސިޔާސީ ވެރިން ސިޔާސީ ބޭނުމަށްޓަކައި ދިވެހިން ބާކީވެ، ނިކަމެތި ނުކުރުމަށް ސިޔާސީ އެންމެން ވިސްނަން ޖެހޭނެ ކަމަށެވެ. "އިންޑިއާ އާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ދިވެހިންގެ ތާއީދު އޮތް ކަމެއް ނޫން ކަން ސާބިތު ވަނީ ބައިވެރިވާ މީހުން މަދުކަމުން #ބާކީނުވޭ،" ނަޝީދު ވިދާޅުވިއެވެ.
Siyaasee veringe siyaasee beynumah takai Dhivehin baakeeve nikamethi vaane kankan nukurumah huriha siyaasee verin visnavan vaane. India aai dhekolhah hingaa campaign akee Dhivehinge thaaidhu oiy kameh noon kan saabith vanee ekamugai baiveri vaa meehun madhukamun #Baakeenuvey
— Mohamed Nasheed (@MohamedNasheed) May 26, 2022
ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިންޑިއާ އައުޓް ގޮވި ނަމަވެސް ދިވެހިންނަށް ކޮވިޑްގެ ތެރޭގައި ވެސް އެނގިގެން ދިޔައީ އިންޑިއާގެ މުހިއްމު ކަމެވެ. އަދި އިންޑިއާ އިން ދިވެހިންނަށް އެހީތެރިވެދޭނެ ކަމެވެ.
If #India didn’t open a travel corridor for us during the Pandemic I don’t know how many loved ones would have suffered ,
We ran out of medicines / life saving treatments Etc .. I will be forever grateful . #Baakeenuvey— Aishath Jennifer ⚖️ (@JenniferAishath) May 25, 2022
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވެރިން އަންނަނީ، ޔާމީންގެ ވެރިކަމުގައި މާލެ އަށް ދިމާވި ފެނުގެ ކާރިސާގައި އިންޑިއާ އިން ދިން އެހީތެރިކަމާއި ކޯވިޑް-19 ގައި ދިން އެހީތަކާއި އަދި ތަރައްގީގެ އެކި މަޝްރޫއުތަކުގެ ފޮޓޯތައް އެ ހޭޝްޓެގާއެކީ ޓުވީޓު ކުރަން ފަށައިފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް އިސްވެ އޮވެ ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް ސޯލިހް ވަނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ރިޔާސީ ގަރާރެއް ނެރުއްވާފައެވެ. އެގަރާރު ނެރުއްވި ފަހުން އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ބެނާއެއް ދެމުން ވެސް ވަނީ ޖިނާއީ ކުށަކަށް ހަދާފައެވެ. ފުލުހުން ގެންދަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ހަރުކުރާ ބެނާތަކާއި ދިދަތައް ވެސް ނަގަމުންނެވެ.
ކޮމެންޓު ފޮނުވާ