ޓޮމާޓޯ ވަރެއް ނެތް!

ޓޮމާޓޯ ވަރެއް ނެތް!

ޓޮމާޓޯ އަކީ އެންޓި އޮކްސިޑެންޓެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެކެވެ. ޓޮމާޓޯގައި ވިޓަމިން އޭ، ސީ އަދި ވިޓަމިން ކޭގެ އިތުރުން ވިޓަމިން ބީ6 ފޮލޭޓް އަދި ތިއަމައން ހިމެނެ އެވެ. މީގެ އިތުރުން ފައިބަރ، ޕްރޮޓީން، ޕޮޓޭސިއަމް، މަންގަނީސް، ޕޮސްޕަރަސް އަދި ކޮޕަރ ޓޮމާޓޯގައި ހިމެނެ އެވެ.

އެހެންކަމުން އަހަރެމެން ދިވެހިންގެ ކެއުންތަކުގައި ޓޮމާޓޯ ހިމެނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ކޮންމެހެންވެސް ބޭނުންކުރަންވާނެ ބާވަތެކެވެ. ޓޮމާޓޯއިން ލިބޭ އިތުރު ބައެއް ފައިދާތައް ވެސް ހިއްސާކޮށްލާނަމެވެ.

ބަރުދަން ލުއިކުރަން

ބަރުދަން ލުއިކުރަން ޓޮމާޓޯ އަކީ ބޭނުންތެރި އެއްޗެކެވެ. ތަފާތު ގޮތްގޮތަށް ބޭނުންކޮށްލެވިދާނެ މި މޭވާ އަކީ ޑައިޓްރީ ފައިބަ އާއި ޕޮޓޭސިއަމާއި ވިޓަމިން ސީ އާއި އެތަކެއް އެންޓ-އޮކްސިޑަންޓްތަކެއް އެކުލެވޭ ފައިދާތައް ގިނަ އެއްޗެކެވެ. ޓޮމާޓޯގެ ކޮންމެ 100 ގްރާމަކުން ލިބޭނީ 19 ކެލަރީޒެވެ.

 

ހަންގަނޑު ރީތިކުރަން

ޓޮމާޓޯއިން ހަމަށް ލިބޭ ފައިދާތައްތައް ގިނަ އެވެ. ސަން ބާން ނުވަތަ އަވިން ކަޅުވެފައި ހުންނަ ހަމަށް ޓޮމާޓޯ އިން ފަރުވާކުރެވި އަލިކޮށްދޭނެ އެވެ. ހަމުގައި ހުންނަ ވަޅުތައް ފޮރުވާލައި، މަރުވެފައި ހުންނަ ހަންތައް ނައްޓައި، ބްލެކް ހެޑްސް ފިލުވައިދީ ނޭފަތް ކައިރި ހިސާބުގެ ހަންގަނޑު މަޑުކޮށްދޭނެ އެވެ. މީގެ އިތުރުން، ޓޮމާޓޯ ޖޫހުން ހަންގަނޑު މޮއިސްޗަރައިޒް ވެސް ކޮށްދެ އެވެ. އަދި މޫނުގައި ބޯވެފައި ހުންނަ ހަން (ބްލެމިޝް) އާއި އިތުރަށް އުފެދޭ ތެލާ ދެކޮޅަށް ވެސް މަސައްކަތްކޮށްދެ އެވެ. ހަމައެހެންމެ ކެއުމުގައި ޓޮމާޓޯ ބޭނުންކުރާ ނަމަ އޮށާޅަ ނެގުން ވެސް މަދުކޮށްދެ އެވެ.

 

ލޭގެ ޕްރެޝަރު ދަށްކޮށްދޭ

ކޮންމެ ދުވަހަކު ޓޮމާޓޯ ޖޫސް ބުއިމަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭނެ ކަމެކެވެ. ޓޮމާޓޯއަކީ ސިއްހީ ފައިދާތައް ގިނަ މޭވާއެކެވެ. މިއީ އެންޓިއޮކްސިޓަންޓްތަކާއި ޕޮޓޭސިއަމުން މުއްސަނދިވެފައިވާ އެއްޗަކަށްވާތީ ލޭގެ ޕްރެޝަރު ދަށްކޮށްދޭން ބަރާބަރު މޭވާއެކެވެ.

 

ދިރާސާތަކުން ދައްކާ ގޮތުގައި ކޮލެސްޓްރޯލް ލެވެލް ދަށްކޮދިނުމަށާއި ލޭގެ ސާކިއުލޭޝަން ރަނގަޅު ކޮށްދިނުމާއި ހަޖަމުގެ ބައި ރަނގަޅުކޮށްދިނުމަށްވެސް ޓޮމާޓޯއަކީ ފައިދާ ބޮޑު ތަރުކާރީ އެކެވެ.

 

ފިރިހެނުންގެ ދަރިފަނީގެ ކޮލިޓީ ރަނގަޅުވޭ

ދަރިން ލިބުމުގެ މައްސަލަ ހުންނަ ފިރިހެނުން ޓޮމާޓޯ ކެއުމުން ދަރިފަނީގެ ކޮލިޓީ ރަނގަޅުވާ ކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. ޓޮމާޓޯގައި އެކުލެވޭ މާއްދާއެއް ކަމަށްވާ ލިކޮޕީންގެ ސަބަބުން ދަރިފަނީގެ ސައިޒާއި ބައްޓަމާއި ހަރަކާތްތެރިކަން ވެސް 50 ޕަސެންޓަށް އިތުރުކޮށްދެއެވެ. ހަމައެހެންމެ ލިކޮޕީންގައި އެކުލެވޭ އެންޓި-އޮކްސިޑަންޓްތައް ދަރިފަނި ހަލާކުކޮށްލައި ބަލިކަށިކޮށްލުމުން ސަމާމަތްކޮށްދެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.