ރެސިޕީ 54: ޕޮޓޭޓޯ ޕައި

ރެސިޕީ 54: ޕޮޓޭޓޯ ޕައި

Author
ފާތިމަތު ނާވީ
08 އޭޕްރިލް 2024 09:57
0

ޕޮޓޭޓޯ ޕައި އަކީ ވަރަށް ފަސޭހައި ތައްޔާރު ކޮށްލެވޭއެއްޗެކެވެ. ވަރަށް މަދު ބާވާތްތަކަށް ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭ އެއްޗެކެވެ. މީ ޕިއްޒާ އަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް މީރު އެއްޗަކަށް ވެގެން ދާނެ އެވެ.

ބޭނުންވާނެ ތަކެތި:

  • 5 ބިސް
  • 2 އަލުވި (ފެނުކައްކައިފައި)
  • 1 ފިޔާ ކުޑަ (ޗޮޕްކޮށްފައި)
  • 1 ގިތެޔޮމިރުސް މަސް ދަޅު
  • 1 ޓޮމާޓޯ
  • 1/2 މޭޒުމަތީ ސަމުސާ ޕެޕާ ޕައުޑަރު
  • ލޮނު ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ އަލުވި އަދި ޓޮމާޓޯ ވައް ފޮއްޗަށް ވާގޮތަށް ފޮތި ކޮށްލާށެވެ. އެއަށް ފަހު ފިޔާ އަދި މަސްދަޅު ތައްޓަކަށް އަޅައި ރަނގަޅަށް މޮޑެލާށެވެ. ދެން އެހެން ތައްޓެއްގައި ބިސް ކޮޅާއި ޕެޕާ ޕައުޑަރު އަދި ލޮނުކޮޅު އެއްކޮށްލާށެވެ.

ތަވާގައި ތެޔޮފޮދެއް އުނގުޅާލާށެވެ. އެއަށް ފަހު އަލުވީގެ ލޭއާ އަޅާނީއެވެ. އެއަށް ފަހު މަސްކޮޅު އަޅާނީ އެެވެ. މަސްކޮޅުގެ މަތީގައި ޓޮމާޓޯ ކޮޅު އަތުރާލުމަށްފަހު ބިސްކޮޅު އެންމެ މައްޗަށް އަޅައިލާށެވެ. ބިސްކޮޅު ތަވާއަށް ފެތުރިގެން ދާނެއެވެ. ދެން މަޑުގިނީގައި ފިހެލާށެވެ. އެއަފަޅި ފިހެވުމުން އަނެއް ފަޅިއަށް ޖަހާ ފިހެލާށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.