އިންޑިއާ އަސްކަރިއޔާއިން އެމްއެންޑީއެފަށް އަސްކަރީ ދެ އެމްބިއުލާންސް ހަދިޔާކޮށްފި

އިންޑިއާ އަސްކަރިއޔާއިން އެމްއެންޑީއެފަށް އަސްކަރީ ދެ އެމްބިއުލާންސް ހަދިޔާކޮށްފި

Author
މުޙައްމަދު ޖިމީ
25 މެއި 2022 07:13
0

އިންޑިއާ އަސްކަރިއްޔާއިން އެމްއެންޑީއެފްއަށް އަސްކަރީ "ފީލްޑް އެމްބިއުލާންސް" ގެ ދެ އެމްބިއުލެންސް ހަދިޔާކޮށްފިއެވެ.

ބަނޑާރަކޮށީގައި އޮންލައިންކޮށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެމްބިއުލާންސްތައް އިންޑިއާގެ ފަރާތުން އެމްއެންޑީއެފާ ހަވާލުކޮށްދެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މަހޭޝް ޗަންދްރާއެވެ. އެމްއެންޑީއެފްގެ ފަރާތުން މި އެމްބިއުލާންސްތަކާ ހަވާލުވެލެއްވީ އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްދުއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ދެއްކެވި ވާހަަކަފުޅުގައި މި އެމްބިއުލާންސްތަކުގެ ސަބަބުން އެމްއެންޑީއެފް މެޑިކަލް ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވައި ދިވެހި އަސްކަރިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް އިންޑިއާއިން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އިންޑިއާއަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދުގެ ވާހަކަފުޅުގައި ވެސް އެމްއެންޑީއެފްގެ މެޑިކަލް ކޯރއަށް މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ޑެޕިއުޓީ މިނިސްޓަރ ޙަސަން ޒަމީލް އާއި އެމްއެންޑީއެފްގެ ސާޖަން ޖެނެރަލް ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްދުގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން މެހޭޝް ޗަންދްރާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ޑިފެންސް ސެކެރެޓަރީ ޑރ. އަޖޭ ކުމާރާއި، ސަފީރު، މުނު މަހާވަރް ވެސް އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވިއެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.