"ދަ ގްރޭ މޭން" ގެ ޓްރެއިލާ ދައްކާލައިފި

"ދަ ގްރޭ މޭން" ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
25 މެއި 2022 11:00
0

ސައުތުގެ މަޝްހޫރު އެކްތަރު ދާނުޝް ބޮލީވުޑްއަށް ނިކުންނަ ފިލްމް "ދަ ގްރޭ މޭން" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ދާނުޝްއާއި އެކު މި ފިލްމް ގެ ލީޑުން އޭލިސްޓްގެ ތަރިން ވެސް ފެނިގެން ދާނެއެވެ. ފިލްމްގެ ކާސްޓުން ކްރިސް އިވަންސް، ރަޔަން ގޮސްލިން، އަދާ ޑި އާމަސް، ބިލީ ބޮބް ތޯންޓަން، އަލްފްރެޑް ވުޑާޑް، ރެޖީ ޖީން ޕޭޖްފަދަ ތަރިން ފެނިގެން ދާނެއެވެ.

 

View this post on Instagram

 

A post shared by Netflix Film (@netflixfilm)

ރުސޯ ބްރަދާސް އިން ޑައިރެކްޓްކުރާ "ދަ ގްރޭ މެން" އަކީ 2009 ވަނަ އަހަރު، މާކް ގްރީނީ ލިޔުނު ފޮތެއްގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.

ނެޓްފްލިކްސް އިން ބޮޑު ބަޖެޓެއް ހޭދަކުރި ފިލްމް ޖުލައި މަހުގެ 15 ގައި ލިމިޓެޑް ސިނަމާތަކެއްގައި އެޅުވުމަށްފަހު އެމަހުގެ 20 ގައި ނެޓްފްލިކްްސް އިން ޕްރިމިއާ ކުރާނެއެވެ.

 

View this post on Instagram

 

A post shared by Netflix US (@netflix)

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.