ސްރިލަންކާގެ ކުރީގެ ރައީސް އަދި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސްގެ ޢާއިލާއިން ސޮނޭވާގެ ރާއްޖޭގެ ރިސޯޓަކުން ވިލާއެއް ގަންނަންއުޅޭ ކަމަށްބުނެ ފާތުރާ ވާހަކަތައް ސޮނޭވާއިން ދޮގުކޮށްފިއެވެ.
ސޮނޭވާއިން ނެރުނު ބަޔާނެއްގައި ވަނީ ސޮނޭވާގެ ޕްރޮޕަޓީއަކުން ވިލާއެއް ގަތުމާގުޅޭ އެއްވެސް މަޝްވަރާއެއް ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރާއި، ސޮނެވާގެ މެނޭޖްމަންޓާއެކު ބާއްވާފައި ނުވާކަމަށް ބުނެފައެވެ. އަދި ވިލާއެއް ގަތުމާގުޅޭ އެއްވެސް މަޝްވަރާއެއް ރާޖަޕަކްސަގެ ޢާއިލާގެ އެއްވެސް މެންބަރަކާއެކުވެސް ކުރިއަށްގެންގޮސްފައި ނުވާކަމަށް ބަޔާނުގައިވެވެ. މީގެ އިތުރުން ސޮނޭވާގެ ސީ.އީ.އޯ ސޯނޫ ޝިވްދަސަނުއާއި މަހިންދަ ރާޖަޕަކްސްއާއި އެއްވެސް އިރެއްގައި ދިމާވެ، ބައްދަލުވެފައިނުވާކަންވެސް ސޮނޭވާގެ ބަޔާނުގައި ބުނެފައިވެއެވެ.
Soneva would like to clarify that Mahinda Rajapaksa, the former president and prime minister of Sri Lanka, is not in discussions to buy a villa at any Soneva property. Nor is any member of the former president’s family in discussions to buy a villa.
— Sonu Shivdasani (@SonuShivdasani) May 24, 2022
ރާއްޖޭގައި ހިންގާ އޮންލައިން ބްލޮގެއްގައި ސޮނޭވާއިން ރާއްޖޭގައި ހިންގާ ޕްރައިވެޓް ވިލާއެއް ރާޖަޕަކްސަގެ ޢާއިލާއަށް ވިއްކުމަށް އެއްބެސްވެފައިވާކަމަށް ވަނީ ބުނެފައެވެ. ކަމުގެ ހަޤީޤަތް އޮޅޭގޮތަށް، މިފަދަ ދޮގު ޚަބަރުތައް ބައެއް ފަރާތްތަކުން ފަތުރަމުންދާތީ، އެކަން ސޮނޭވާއިން ވަނީ ކުށްވެރިކޮށްފައެވެ.
ސްރިލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ސޮނޭވާއިން ޕްރައިވެޓް ވިލާއެއް ގަންނަންއުޅޭކަމަށް ބުނެ ފަތުރާ ވާހަކަތައް ސޮނޭވާއިން ދޮގުކޮށްފައިވާއިރު، މިކަން ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަވެސް ވަނީ ދޮގުކުރައްވާފައެވެ.
Once again the media is sensationalizing things just to attract more readers,this time the #MDV audience as well as the #LKA ones. My father has no intention of leaving #LKA & there is no truth of any plans of him moving to #MDV or buying any villa there.
— Namal Rajapaksa (@RajapaksaNamal) May 24, 2022
ނަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޤައުމު ދޫކޮށް ދިއުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ބައްޕާފުޅު ނުގެންގުޅުއްވާކަމަށެވެ. އަދި ރާއްޖެއަށް ބަދަލުވުމުގެ ވިސްނުމެއް ނުވަތަ ރާއްޖޭން ވިލާއެއް ގަތުމުގެ ވިސްނުމެއްވެސް ނުގެންގުޅުއްވާކަމަށް އޭނާ ވިދާޅުވިއެވެ.