ޑރ.ޝަހީމް، ރީކޯ މޫސައަށް: ތިބޭފުޅާ ބޮޑުވީ ޖަދަލު ޒުވާބުކުރާ މާހައުލެއްގައިބާއޭ ހިތަށް އަރާ!

ޑރ.ޝަހީމް، ރީކޯ މޫސައަށް: ތިބޭފުޅާ ބޮޑުވީ ޖަދަލު ޒުވާބުކުރާ މާހައުލެއްގައިބާއޭ ހިތަށް އަރާ!

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކޮށްފިއެވެ.

ޓްވިޓާގައި ދެބޭފުޅުންގެ ވާހަކަތައް ހޫނުވީ، މާލެއިން ކަރަންޓު ކެނޑުނު މައްސަލާގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފަށް ނިސްބަތްކުރައްވާ ވިދާޅުވި ވާހަކަފުޅަކަށް މޫސާ މަނިކު ރައްދު ދެއްވުމުންނެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފަށް އަމާޒުކުރައްވާ ޑރ.ޝަހީމް ވިދާޅުވީ، ސްޓެލްކޯ ރަނގަޅުވާނީ ވޮޓުގެ ކަންކަން ބެލެހެއްޓުންކަމަށާއި، އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ބާއިބު ރައީސް އަޙްމަދު އަކްރަމްވެސް މިވަގުތު ސްޓެލްކޯގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. މިޒާޖީ ގޮތެއްގައި ޑރ.ޝަހީމް ވިދާޅުވީ އީސީގެ މިހާރުގެ ރައީސް ފުއާދު ތައުފީގަށް ކަރަންޓުގެ ކަންކަން ހަވާލުކުރުން ރަނގަޅުވާނެކަމަށެވެ.

ޑރ.ޝަހީމްގެ އެވާހަކަތަަކށް ރައްދު ދެއްވާ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި ރައީސް ޞާލިޙައި މިހާރު ގާތް ގުޅުމެއް އޮންނަ މޫސާ މަނިކު ވަނީ ދަންނަ ބޭކަލުންނަށްވެސް މަލާމާތް ކުރުމާއި ފުރައްސާރަކުރުން ހުއްދަވެގެންވާ ހާލަތްތަކެއް އާދޭތޯ ސުވާލުކުރައްވާފައެވެ.

މޫސާ މަނިކުގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ޑރ.ޝަހީމް ވިދާޅުވީ މުސަހާ ގިނައިން ފުރައްސާރަކުރާ އަދި ޒާތީގޮތުން މީހުންނަށް ޖެހިގެން އުޅޭ މީހެއް ޝަހީމްގެ ހަޔާތްޕުޅުގައި އަދި ފެނިވަޑައިގެންފައިނުވާކަމަސެވެ. ރައީސް ނަޝީދާއި ދިމާލަށް ކޮންމެ ދުވަހަކުހެން ކިޔާ އެއްޗެހިން މޫސައަކީ ކާކުކަން ވަރަށް ސާފުކަމަށާއި، މޫސަ ބޮޑުވީ ޖަދަލުޒުވާނު ކުރާ މާހައުލެއްގަ ބާއޭ ހިތަށް އަރާކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި މޫސާ މަނިކު ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު ޕީޕީއެމްއިން ވަކިވެ މިހާރު އުޅުއްވަނީ ރައީސް ޞާލިޙައި ވަރަށް އަރިސްބޭފުޅޭއްގެ ގޮތުގައެވެ.

ޑރ.ޝަހީމް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަޓަރ ޝަރީފަށް ފާޑުވިދާލުވެ މިޒާޖީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފައިމިވަނީ 2018ގެ ރިޔާސީ އިންތިޚާބު އޮޅުވާލިކަމުގެ ތުހުމަތު އިދިކޮޅުން ޝަރީފަށް ކުރަމުން ގެންދަވަނިކޮށް މިސަރުކާރުގައި އީސީގެ ރައީސްކަމުން އިސްތިއުފާދެއްވާ ސްޓެލްކީގެ އެމްޑީކަމަށް ވަޑައިގަތުމުންނެވެ. ޑރ.ޝަހީމް އަކީ 2018ގައި ރައީސް ޔާމީންގެ ރަނިންގމޭޓެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

Leave a Reply

Your email address will not be published. Required fields are marked *