މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
22 މެއި 2022 11:48
0

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި މީހަކަށް އަނިޔާވެފައިވަނީ މާފަންނު އުނިގަސްމަގުގައި ހުރި ގެއެއްގައި ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުމާއެކު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި އަނިޔާވީ ދިވެހި ފިރިހެނަކަށެވެ. ނަމަވެސް އޭނާއަށް ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގަން މެދުވެރި ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.